އޮސްޓްރޭލިއާ ބޮޑުވަޒީރު، ޓްރަމްޕް ރޭސް އަރުވާލުމުން ޓްރަމްޕް ރަތަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އޮސްޓްރޭލިއާ ބޮޑުވަޒީރު، ޓްރަމްޕް ރޭސް އަރުވާލުމުން ޓްރަމްޕް ރަތަށް!
އެމެރިކާގެ ރައީސްކަން ލިބުމުން ދުނިޔޭގެ ޤައުމުތަކުގެ ވެރިންނަށް ޓްރަމްޕް ކުރަމުން ގެންދާ ފޯނުކޯލުކުރުންތަކުގެ ތެރެއިން އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ކުރި ކޯލުވެގެންދިއައި ބޮޑު ޒަލްޒަލާއަކަށް ކަމަށް ޓްރަމްޕް ބުނެފިއެވެ.

ކޯލަށްފަހު ޓްރަމްޕް ބުނީ އެއީ މިހައިތަނަށް އޭނާއަށް ކުރެވުނު އެންމެ "ނުބައި" ޓެލެފޯން ކޯލް ކަމަށެވެ.

އެއްޤައުމުން އަނެއް ޤައުމަށް ހިޖުރަކުރާ ރިފުޖީންގެ މައްސަލަތަކުގައި މަޝްވަރާ ނުކުރެވުނުތާ ދެ ލީޑަރުން އެކަކު އަނަކެކަށް ހަމަލާދިނުން ނޫން ކަމެއް ނުކުރާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓްރަމްޕްގެ ކޯލުތައް ޢާންމުގޮތެއްގައި 1 ގަޑިއިރަށް ދެމިގެންދެއެވެ. ނަމަވެސް އޮސްޓްރޭލިއާގެ ބޮޑުވަޒީރަށް ކުރި ކޯލް ވަނީ 25 މިނިޓުން ނިމިފައެވެ.

ޓްރަމްޕް ބުނީ އޮސްޓްރޭލިއާއަކީ މިހާރުވެސް ރިފިޔުޖީންތަކެއް ޖަލުގައި ބަންދުކޮށްގެން ގެންގުޅޭ ޤައުމެއް ކަމަށާއި އެއިގެ ތެރެއިން 1250 ރިފިޔުޖީންނާއި ހަވާލުވާން އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ. "މިއީ މާކުރީގެ ވައުދެއް. އެކަމަކު އެ ވައުދު ފުއްދާނަން."

ދުނިޔޭގެ މީޑިއާތަކުން މިކަމުގެ ޚަބަރުތައް އެކި ގޮތްގޮތަށް ހާމަކުރަމުން އެބަގެންދެއެވެ.
މިއަދު އޮންލައިން