އީރާން، ސީރިޔާ، ޕާކިސްތާން، އިރާޤް އަދި އަފްޣާނިސްތާން ރައްޔިތުންނަށް ވިސާ ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އީރާން، ސީރިޔާ، ޕާކިސްތާން، އިރާޤް އަދި އަފްޣާނިސްތާން ރައްޔިތުންނަށް ވިސާ ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފި
އީރާން، ސީރިޔާ، ޕާކިސްތާން، އިރާޤް އަދި އަފްޣާނިސްތާން ރައްޔިތުންނަށް ވިސާ ދޫކުރުން ކުވައިތުން ވަގުތީ ގޮތުން ހުއްޓާލައިފިއެވެ. ހުއްޓައިލި ވަކި މުއްދަތެއް ކުވައިތުން ހާމައެއް ނުކުރެއެވެ. ކުވައިތުން ބުނެފައިވަނީ މިޤައުމުތަކުގެ ރައްޔިތުން ވިސާއަށް ނުއެދުމަށެވެ.

ކުވައިތުން ވަނީ ސީރިޔާގެ ރައްޔިތުންނަށް ވިސާ ދޫކުރުން މާކުރިން ހުއްޓާލައިފައެވެ.

ކުވައިތުން މިފަދަ ފިޔަވަޅެއް މިއެޅީ އެޤައުމުގެ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބެލެވެއެވެ. ނަމަވެސް މިއީ އެމެރިކާގެ ރައީސް ޓްރަމްޕުގެ އެދުމުގެމަތިން ކުވައިތުން އެޅި ފިޔަވަޅެއް ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.

ޓްރަމްޕް ގެންދަނީ 7 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް އެތެރެނުވެވޭނެ ގޮތް ހަމަޖައްސައި ޤަރާރުގައި ސޮއިކޮށްފައެވެ. އެކަމުގެ ސަބަބުން ގިނަ ޤައުމުތަކެއްގެ ފާޑުކިޔުންތައް ޓްރަމްޕަށް ވަނީ އަމާޒުކުރެވިފައެވެ.

ކުވައިތަކީ އެމެރިކާ އާއި ގުޅިގެން ޓެރަރިޒަމް އާއި ގުޅުން ހުރި ގިނަ ކަންތައްތަކެއްގައި މަސައްކަތްކުރަމުން ގެންދާ ޤައުމެއްކަމަށްވެސް ގިނަ ބައަކު ފާހަގަކުރެއެވެ.
މިއަދު އޮންލައިން