ރޫމޭނިއާގެ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް އިންތިހާއަށް އިތުރުވުމުން އެކަމާއި ދެކޮޅަށް ރައްޔިތުން މަގުތަކަށް ނުކުމެ ކުރަމުން ގެންދާ މުޒާހަރާތަކަށް ކެތް ނުކުރެވިގެން އެ ޤައުމުގެ ބިޒްނަސް އެންޑް ޓްރޭޑް މިނިސްޓަރު މަޤާމުން އިސްތިއުފާ ދީފިއެވެ.
ފްލޮރިން ޖިއަންނު ބުނީ އޭނާ އިސްތިއުފާ ދިނީ އޭނާގެ ކޮރަޕްޝަން މައްސަލައެއް އޮވެގެން ނޫން ކަމަށާއި އިސްތިއުފާ ދިނީ ޤައުމުގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. ކޮރަޕްޝަނުގެ ތުހުމަތުން އޭނާ އާއި އޭނާގެ ދަރިން ސަލާމަތްކުރަން ބޭނުންވާތީ ކަމަށެވެ.
"އަހަރެންގެ ކޮރަޕްޝަން މައްސަލައެއް ނުއޮންނާނެ. އަހަރެންނަކީ ސާފުތާހިރު މީހެއް. މިހިގާ ކަންކަމުގައި ފެތެން އަހަރެން ބޭނުމެއް ނޫން."
ރޫމޭނިއާގެ ސަރުކާރަކީ ކޮރަޕްޓްކަން އިންތިހާއަށް ގޮސްފައިވާ ސަރުކާރެއް ކަމަށްބުނެ މިދިއަ އަންގާރަ ދުވަހުން ފެށިގެން އެތައް ހާސް ބައަކު ގެންދަނީ ރޫމޭނިއާގެ މަގުތަކުގައި މުޒާހަރާކުރަމުންނެވެ.