"މެޑަމް ފާތުން" ބަށިމުބާރާތުގެ ފުރަތަމަ މެޗް ލަންދޫ ޓީމުން ކާމިޔާބުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
"މެޑަމް ފާތުން" ބަށިމުބާރާތުގެ ފުރަތަމަ މެޗް ލަންދޫ ޓީމުން ކާމިޔާބުކޮށްފި
މަހާރަނި ފާޠިމަތު އިބްރާހީމްގެ ނަންފުޅުގައި ކުޅޭ ރާއްޖޭގެ ފުރަތަމަ ބަށިމުބަރާތުގެ ފުރަތަމަ މެޗް ނ. ލަންދޫ ޓީމުން ކާމިޔާބުކޮށްފިއެެވެ. މި މެޗް އެ ޓީމުން ކާމިޔާބުކުރީ މާޅެންދޫ ޓީމާއި ވާދަކޮށް 19 ލަނޑު 8 ބޯޅަ- 27 ލަނޑުންނެވެ.

މުބާރާތް ފެށުމުގެ ގޮތުން ލަންދޫގައި މިއަދު ހަވީރު ކުޅުނު މި މެޗް ޝަރަފުވެރިކޮށްދެއްވީ މަހާރަނި ފާޠިމަތު އިބްރާހީމް އެވެ.

ޗެމްޕިއަން ޓީމަށް 100،000 ރުފިޔާ، ރަނަރއަޕް ޓީމަށް 75،000 ރުފިޔާ އަދި ވެސް އިތުރު އިނާމުތައް ހުށަހެޅިފައިވާ މިމުބާރާތުގެ މެޗްތައް ކުޅޭނީ އަތޮޅު ފެންވަރުގައެވެ. ކޮންމެ އަތޮޅު ޗެމްޕިއަން ޓީމެއް ވާދަކުރަންޖެހޭނީ ޒޯނު މުބަރާތުގައެވެ. 4 ޒޯނުން ޗެމްޕިއަންކަން ހޯދާ 4 ޓީމް މާލެ އައިސް ސެމީ ފައިނަލް އަދި ފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.

މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވޭ ފުރަތަމަ ޤައުމީ ބަށިމުބާރާތެވެ.

މުބާރާތް ފަށްތަވައިދެއްވުމަށް މަހާރަނި ފާޠިމަތު އިބްރާހީމް މިއަދު ނ އަތޮޅަށް ވަޑައިގަތުމުން ރައްޔިތުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
މިއަދު އޮންލައިން