މީގެ އަހަރެއްހައި ދުވަސްކުރިން "ހޯޕް"ގެ ނަމުން ދުނިޔެއަށް މަޝްހުރިވި "ހަންޑިކުއްޖާ" ސްކޫލަށް ދާންފަށައިފިއެވެ.
ނައިޖީރިއާގެ 2 އަހަރުގެ މިކުޑަ ކުއްޖާ، މަގުމައްޗަށް ޢާއިލާ އިން ދޫކޮށްލީ އެއީ ސިހުރުޖެހިފައިވާ ހަންޑިކުއްޖެއް ކަމަށް ބުނެއެވެ. އެކުއްޖާ އާއި ބައްދަލުވި ޑެންމާކުގެ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އަންހެނަކު ވަނީ އެކުއްޖާ އާއި ހަވާލުވެ ކުދިން ބަލަހައްޓާތަނަކާއި ކުއްޖާ ހަވާލުކޮށްފައެވެ. އޭނާއަށް މިކުއްޖާ ފެނުނީ މަގުމަތީގައި ހުރި ކުނި ޓައްޕަކުން ކުނި ހޮވައިގެން ކާން ހުއްޓައެވެ.
އެއިގެ 12 މަސް ފަހުން މިހާރު ހޯޕް ސްކޫލަށްދެއެވެ. ޖެހިފައި ހުރި ކާޑުބަލިން ސަލާމަތްވެ ދުޅަހެޔޮ ސިއްޙަތު ރަނގަޅު ކުއްޖަކަށް ވަނީ ބަދަލުވެފައެވެ.
އެފްރިކާގެ މީހުންގެ ޖާހިލްކަން ބޮޑުކަމުން ގިނަ އަދަދެއްގެ ކުޑަކުދިން، އެއީ ސިހުރުު ޖެހިފައިވާ ކުދިން ކަމަށްބުނެ މަގުތަކަށް އުކައިލައެވެ. އަދި އެފަދަ ގިނަ އަދަދެއްގެ ކުދިންނަށް އަނިޔާކޮށް މަރައިހަދައެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި މިފަދަ ކުދިންގެ ސަބަބުން އެމީހުންނަށް ހައިހޫނުކަމާއި މުޞީބާތްތައް ކުރިމަތިވެއެވެ.
އެކުއްޖާ ބަލަހައްޓަމުން ގެންދާ އަންޖާ އޭނާގެ ފޭސްބުކުގައި ލިޔެފައިވެއެވެ.
Anja Ringgren Lovén
on Monday
On the 30 of January 2016 I went on a rescue mission with David Emmanuel Umem,
Nsidibe Orok and our Nigerian team. A rescue mission that went viral, and today it's
exactly 1 year ago the world came to know a young little boy called Hope ??????????
This week Hope will start school ????