ޕްރިޔާންކާ ޗޯޕްރާ އާއެކު އެއްވެސް މައްސަލައެއް ނެތް- ފުރުޞަތު ލިބިއްޖެނަމަ އެކުގައި ފިލްމު ކުޅޭނަން: އަކްޝޭ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޕްރިޔާންކާ ޗޯޕްރާ އާއެކު އެއްވެސް މައްސަލައެއް ނެތް- ފުރުޞަތު ލިބިއްޖެނަމަ އެކުގައި ފިލްމު ކުޅޭނަން: އަކްޝޭ
މަޝްހޫރު ފިލްމީ ތަރި ޕްރިޔާންކާ ޗޮޕްރާ އާއި އޭނާއި ދެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ފުރުޞަތު ލިބިއްޖެނަމަ އެކުގައި ފިލްމްކުޅެން ތައްޔާރަށް ހުރިކަމަށް އަކްޝޭ ކުމާރު ބުނެފިިއެވެ.

ފިލްމް ވަޤުތުން 2005 ވަނަ އަހަރު އެކުގައި ފެނުނުފަހުން ދެމީހުން އެކުގައި ފިލްމަކުން ނުފެނެއެއެވެ. އެއީ ދެމީހުންގެ މެދުގައި މާވަރުގަދަ ލޯތްބެއް ހިނގުމުން ޓިންކަލްއަށް ކުރި އަސަރުތަކަކުން ކަމަށް ބުނެވެއެވެ. އެހެންކަމުން ދެމީހުން އެކުގައި ފިލްމް ނުކުޅެ ދުރުގައި ތިބެން ނިންމީކަމަށްވެސް ބުނެވެއެވެ.

ދާދިފަހުން އަކްޝޭ އާއި ކުރެވުނު ސުވާލުތަކަކަށް ޖަވާބުދެމުން އަކްޝޭ ބުނީ އޭނާ އާއި މައްސަލައެއް އޮތީ ހަމައެކަނި ރާނީ މުކަރުޖީ އާއި ކަމަށެވެ. "ކަލޭމެން ތިބުނަނީނު އަހަރެންނާ އެކްޓާ ކަޕޫރާ އަދި ފަރަހް ޚާން އާއި ޕްރިޔާންކާ ޗޮޕްރާ އާއި ވެސް މައްސަލަތަކެއް އޮންނަކަމަށް. ކަލޭމެން އެމީހުންނާ ގުޅާފަ އަހަންވީނު އަހަރެންނާ އެއްވެސް މައްސަލައެއް އެބައޮތްތޯ؟"

އަކްޝޭ ކުމާރު މިހާރު އެންމެ "ބިޒީ"ވެގެން އުޅެނީ އޭނާގެ ފިލްމް ޖޮލީ އެލްއެލްބީ 2 ހެދުމުގެ މަސައްކަތުގައެވެ. އަދި އެއަށްފަހު ކަރަން ޖޯހަރު އަދި ސަލްމާން ޚާން އާއިއެކު ފިލްމެއް އުފައްދަން މަސައްކަތްކުރާނެކަމަށް ވަނީ ބެލެވިފައެވެ.
މިއަދު އޮންލައިން