ބައްޕަ ބޭނުންކުރާނެ ޑްރަގް މަންމަ އެތެރެކުރުމުން ދަރިފުޅު ޑްރަގް ވިއްކި މައްސަލައެއްގެ ޝަރީއަތް ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ބައްޕަ ބޭނުންކުރާނެ ޑްރަގް މަންމަ އެތެރެކުރުމުން ދަރިފުޅު ޑްރަގް ވިއްކި މައްސަލައެއްގެ ޝަރީއަތް ފަށައިފި!
ބައްޕަ ބޭނުންކުރާނެ ޑްރަގް މަންމަ އެތެރެކުރުމުން ދަރިފުޅު ޑްރަގް ވިއްކި މައްސަލައެއްގެ ޝަރީއަތް ޔޫއޭއީގެ ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މިމައްސަލަ ފެންމަތިވީ ޑްރަގު ހިފައިގެން ނުކުމެ މަގުމަތީގައި ވިއްކަން އުޅެނިކޮށް ފުލުހުން ދަރިފުޅު އަތުލައިގަތުމުންނެވެ. އިއްޔެ ކުރިއަށް ގެންދިއަ ޝަރީއަތުގެ މަޖިލީހުގައި ދަރިފުޅު ބުނީ އޭނާގެ އަތުން ފެނުނު ޑްރަގަކީ ބައްޕަ ބޭނުން ކުރުމަށް މަންމަ އެތެރެކޮށްފައި ހުރި ޑްރަގު ކަމަށެވެ.

މިމައްސަލައިގައި ފުލުހުން ވަނީ ދެމަފިރިންނާއި ދަރިފުޅު ޖަލުގައި ބަންދުކޮށްފައެވެ. އަވަށްޓެރިން ބުނީ އެމީހުން ޑްރަގު ވިއްކަނީ ޑްރަގު ބޭނުންކުރަމުން ގޮސް ޢާއިލާއަށް ފަޤީރުކަން ކުރިމަތިވުމުން ފައިސާ ހޯދަން ކަމަށެވެ.

ލަފާކުރެވޭ ގޮތުން ދަރިފުޅު މަންމަގެ ވާހަކަ އެބުނީ އޭނާއަށް ލިބޭ އަދަބު ކުޑަވެ ފަރުވާ ހޯދުމުގެ ފުރުޞަތު ހޯދުމުގެ ބޭނުމުގައެވެ. ޑްރަގުގެ ވަބާ ޢާންމުވެފައި ނެތް އަރަބި ޤައުމެއް މިހާރަކު ނެތެވެ.
މިއަދު އޮންލައިން