އީރާނުގައި މިމަހުގެ ،16 17 ގައި ބާއްވަން ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރެސްލިންގ މުބާރާތުގައި ބައިވެރިވާ އެމެރިކާގެ ޓީމަށް ވިސާ ދޭން ދެކޮޅުހަދައި ޓީމު އީރާނަށް އައުން ހުއްޓުވައިފިއެވެ.
އީރާނުން ބުނީ އީރާނުގެ ރައްޔިތުންނަށް ނުދެވޭ ޤައުމެއްގެ ރައްޔިތުންނަށް އީރާނަށް ނާދެވޭނެ ކަމަށެވެ.
އީރާނުން ބެލިސްޓިކް މިސައިލް ޓެސްޓެއް ކުރުމާއި ގުޅިގެން އެމެރިކާއިން މިހާރުވަނީ އީރާނާއި އަދި އީރާނުގެ ކުންފުނިތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަލުން އަޅައިފައެވެ.
ޓްރަމްޕް ބުނީ އީރާނުން ކުޅުނީ އަލިފާނާއި ކަމަށާއި އެކަމުގެ އަގު އަދާކުރަން އީރާނަށް ޖެހޭނެ ކަމަށެވެ. ރައީސް އޮބާމާގެ ހެޔޮކަން އީރާނުން ހަނދާން ނައްތައިލިފި ކަމަށެވެ. "މަށެއް ނޫން. އޮބާމާގެ ހެޔޮކަން އީރާނުން ހަނދާން ނައްތައިލީ."
އެމެރިކާއިން އެންމެ ބޮޑަށް ބިރުގަންނަނީ އީރާނުން އިޒްރޭލަށް ހަމަލާއެއް ދީފާނެކަމާއިމެދުއެވެ.