ބޮޑެތި މައްސަލަތަކަކަށްފަހު އައިފޯން ބެންގަލޫރުގަ އެސެމްބްލް ކުރަން ފަށަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ބޮޑެތި މައްސަލަތަކަކަށްފަހު އައިފޯން ބެންގަލޫރުގަ އެސެމްބްލް ކުރަން ފަށަނީ!
ބޮޑެތި މައްސަލަތަކަކަށްފަހު އެޕްލް އައިފޯން އިންޑިއާގެ ބެންގަލޫރުގައި އެސެމްބްލްކުރަން ފަށަން ނިންމައިފިއެވެ. މިކަމަށް އިންޑިއާ އިން އެއްބަސްވީ ފޯނުގައި އެއީ އިންޑިއާގައި އެސެމްބްލް ކުރި ފޯނެއް ކަމަށް ލިޔުން ޝަރުތުކޮށެވެ.

އިންޑިއާ އިން މިހުއްދަދިނީ އިންޑިއާ އިން ކުރިއަށް ގެންދާ މޭޑްއިން އިންޑިއާ ޕްރަމޯޝަންގެދަށުންނެވެ. މިހުއްދަ އިންޑިއާ އިން ދިނުމުން އިންޑިއާ ވެގެންދާނީ އައިފޯން އުފައްދާ 2 ވަނަ ޤައުމަށެވެ. ބާޒާރުން ލިބެން ހުންނަ އައިފޯނުގެ ގިނަ އުފެއްދުންތަކަކީ ޗައިނާގައި އެސެމްބްލް ކުރާ ފޯނެވެ.

މިހާރު ކަންތައްތައް ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ އަންނަ ޖޫން މަހު އައި ފޯން ބެންގަލޫރުގައި އެސެމްބްލްކުރަން ފަށާނެއެވެ. ނަމަވެސް ބާޒާރަށް ނެރޭނެ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.

އައިފޯން އިންޑިއާގައި އުފެއްދުމާއި ދެކޮޅަށް އިންޑިއާގެ ބައެއް ކުންފުނިތަކުން ވަނީ އަޑުއުފުލައިފައެވެ. އައިފޯން އިންޑިއާގައި އުފައްދައިފިނަމަ އިންޑިއާގެ ފޯން މާކެޓަށް ލިބިދާނެ ހީނަރުކަމާއިމެދުގައެވެ. ނަމަވެސް މިކަމުގައި އެޕްލް ކުންފުންޏާއި އިންޑިއާގެ އައިޓީ މިނިސްޓްރީން ވަނީ ސޮއިކޮށް އެއްބަސްވުން ހާމަކޮށްފައެވެ.
މިއަދު އޮންލައިން