އިސްލާމީ 7 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ނުއެރޭނެ ގޮތަށް އެމެރިކާގެ ރައީސް ޓްރަމްޕް ފުމެލި ތާޅަފިއްޔަށް ފުރަތަމަ ރަތް ކާޑު ދެއްކީ ސީޓްލްސްގެ ފަނޑިޔާކެވެ. އެޙުކުމަށް ގޮންޖަހައި ފަނޑިޔާރުގެ ހުކުމް އަނބުރުވާލޭނެ ކަމުގެ ހުވާކުރުމަށްފަހު މައްސަލަ އިސްތިއުނާފް ކުރުމުން މައްސަލަ ބަލައިވެސް ނުގަނެ މިއަދު ދެއްކީ ހަމަ ރަތްކާޑެވެ.
ސެންފްރެސްސިސްކޯގެ އެޕީލް ކޯޓުން މިއަދުބުނީ މައްސަލަ ބަލައިގަންނަންޖެހޭ ވަރުގެ ހުށަހެޅުމެއް ސަރުކާރަށް ހުށަހެޅިފައި ނެތްކަމަށެވެ. އެހެންކަމާއިއެކު ކޯޓުން ވަނީ އިތުރު ތަފްޞީލާއިއެކު މާދަމާ އަލުން ހުށަހެޅުމަށް ފުރުޞަތުދީފައެވެ.
އެމެރިކާގެ ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން ސަރުކާރުން ކުރަން ބޭނުންވި ކަމެއް ނުކުރެވުނު ނަމަވެސް އަދި އެކަމަކަށް ޝަރުޢީ ނިޒާމުން ހުރަސް އެޅި ނަމަވެސް ފަނޑިޔާރުން "ގިރިފުށްޓަށް" ގެންގޮސް އެކަހެރި ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
މިމައްސަލައަށް އަންނަ ހަފްތާ ހިސާބުގައި ގޮތްތަކެއް ޝަރުޢީ ނިޒަމުގެ ތެރެއިން ނިމިގެންދާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.