ޓެމިލްނާޑޫ ޗީފް މިނިސްޓަރުކަން ސަސިކާލާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޓެމިލްނާޑޫ ޗީފް މިނިސްޓަރުކަން ސަސިކާލާއަށް!
އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ ޗީފްމިނިސްޓަރުު ޖަލަލިތާ އަވަހާރަވުމުން ޗީފް މިނިސްޓަރުކަމުގެ މަޤާމަށް އެޕާޓީން ހަމަޖެއްސި ޕަނަރުސެލްވަމަށް މަޖުބޫރުކުރުވައިގެން މަޤާމުން ''އިސްތިއުފާ" އަތުލައިފިއެވެ. އަދި އެމަޤާމަށް މީގެ އަހަރުތަކެއް ކުރިންސުރެ ކުރިމަތިލައިގެން އުޅޭ ސަސިކަލަ މަޤާމަށް އިސްކުރުމުގެ ހުރިހާ އިންތިޒާމުތަކެއް މިހާރު ވަނީ ހަމަޖައްސައިފައެވެ.

ރިޕޯޓްތައް ބުނާގޮތުން ސަސިކަލަ އައީ ވަރަށް ކުރިންސުރެ ޗީފް މިނިސްތަރުކަމުގެ މަޤާމަށް ފައި ނަގަމުންނެވެ. ޖަޔަލަލިތާއަށް ކުރިމަތިވި ކޮރަޕްޝަން މައްސަލަތައް ކުރިމަތިވެ ޖަލަށްދާންޖެހުނީވެސް ސަސިކަލަގެ ސަބަބުންނެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ޖަޔަލަލިތާ މަރުވި މައްސަލަ އާއި ވެސް ސަސިކަލަ އާއި ގުޅުވައިފައެވެ. ނަމަވެސް މިއިން އެއްވެސް ކަމެއްގެ އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެއެވެ.

އެހެންކަމާއިއެކުވެސް ޖަޔަލަލިތާގެ އެންމެ ގާތް މިތުރުންގެ ތެރޭގައި ހިމެނޭ އަމްރުތާ އާއި ދީޕާ ވަނީ "އަންމާ"ގެ މަރުގެ މައްސައިގައި ސީދާ ސަސިކަލައަށް އިނގިލި ދިއްކޮށްފައެވެ.

ސަސިކަލަ އަކީ ޓެމިލްނާޑޫގެ ވެރިކަންކުރާ އޭއައިޑީއެމްކޭ ޕާޓީގެ ލެޖިސްލޭޓިވް ލީޑަރެވެ. އޭނާގެ ފަހަތުގައި ޕާޓީގެ އިސް ގިނަ އަދަދެއްގެ މެންބަރުން އެބަތިއްބެވެ.
މިއަދު އޮންލައިން