އެމެރިކާގެ ސިޔާސީ ރޭހަށް އެމެރިކާގެ މުސްލިމުންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ކެންޕޭނެއް ފަށައިފިއެވެ.
ހިލޭ ސާބަހަށް މަސައްކަތްކުރާ ބޮސްޓަންގެ ޖަމިއްޔާއަކުން މިހާރު ފަށާފައިވަނީ ކައުންސިލް އިންތިކާބުތަކަށާއި އެނޫންވެސް އެފަދަ އިންތިޚާބުތަކަށް އެމެރިކާގެ މުސްލިމުން ނުކުތުމަށް ޝައުޤުވެރިކުރުވުމުގެ ކެންޕޭނެކެވެ. ވީހައި ފުޅައު ދާއިރާއެއްގައި މި ކެންޕޭނު ކުރިއަށް ގެންދަން އެޖަމިއްޔާއިން ވަނީ މަސައްކަތް ފަށައިފައެވެ.
ހަމައެކަނި ކޭންޕޭނަށް ނެރުމުގެ އިތުރުން އިންތިޚާބުތައް ކާމިޔާބު ކުރެވޭނެ އުކުޅުތައްވެސް އެޖަމިއްޔާއިން ގެންދަނީ ދަސްކޮށްދެމުންނެވެ. އަދި އެކަންކަމަށް އެމެރިކާގެ މުސްލިމުން ހޭލުންތެރިކުރުވުމަށް ވެސް ގެންދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން އެޖަމިއްޔާ އިން ގެންދަނީ އެމެރިކާގެ މުސްލިމުން ކުރިމަތިލުމުން ކެންޕޭނުކުރާނެ ފައިސާ ހޯދަންވެސް މަސައްކަތް ކުރަމުންނެވެ.
ޖެޓްޕެކް އިންކޯޕޮރޭޓް ގެ އެގްޒެކަޓިވް ޑިރެކްޓަރު ޝައުން ބުނީ އެމެރިކާގެ މައިނޯރިޓީ ކޮމިޔުނިޓީތަކާއި އަޅާބަލާއިރު ސިޔާސީ ކަންކަމުގައި މުސްލިމުން ތިބީ މާފަހަތުގައި ކަމަށެވެ.
ބައެއް އިލްމީ ޕްރޮފެސަރުން ވިދާޅުވެފައިވަނީ މިފަދަ ހަރަކާތްތައް ފެށިގެން މިދަނީ ޓްރަމްޕް މުސްލިމުންނާއިމެދު އަމަލުކުރަމުން އަންނަ ހަރުކަށި އުޞޫލުތަކުގެ ސަބަބުން ކަމަށެވެ.