އުމުރުން 19 އަހަރުގައި ގިނަ އަންހެން ކުދިން ތިބެނީ ކޮންމެވެސް ޔުނިވަރސިޓީއެއްގެ ހޮސްޓެލެއްގައެވެ. ނުވަތަ މައިން ބަފައިންގެ ގޭގައެވެ. ނަމަވެސް އެމެރިކާގެ ސްޕަރމޮޑެލުންގެ ތެރޭގައި މަޝްހޫރުކަން އިތުރުވަމުން އަންނަ ކައިލީ ޖެނަރ އުމުރުން 19 އަަހރުގަ މިހާރު ވަނީ 3 ވަނަ ގެ ގަނެފައެވެ.
ކޮންމެ ގެއެއްވެސް ގަނެފައިވަނީ ލޮސްއެންޖަލްސްގެ އެންމެ އަގު ބޮޑު ސަރަހައްދުންނެވެ. އެންމެފަހުން 7 މިލިއަން ޑޮލަރާއި ގާތްކުރާ އަގެއްގައި ގެއެއް ގަނެފައިވަނީ ޖެނިފަރ ލޮޕޭޒް ދިރިއުޅޭ ގެއާއި ދާދި ކައިރިންނެވެ.
ކައިލީ ބުނީ އެގެއިން ބައެއް އޭނާ ބޭނުންކުރާނީ އޭނާ ފަށާފައިވާ މޭކަޕް ވިޔަފާރި އިތުރަށް ފުޅައުކުރުމަށް ކަމަށެވެ.
ކައިލީ ގެތައް ގަންނަތީ ބައެއް މީހުން ގެންދަނީ ސުވާލުތައް އުފައްދަމުންނެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ކައިލީގެ ގާތް މީހަކު ބުނީ ހަޤީޤީ ކުރިއެރުމަކަށް އެދޭ މީހުން އެމިހުންގެ ފައިސާ އިންވެސްޓްކުރާނީ އެންމެ ފައިދާހުރި ގޮތުގައި ކަމަށެވެ. އެގޮތުން ބަލާއިރު ރިއަލް ސްޓޭތް ބިޒްނަސް ނުވަތަ ގެދޮރުގެ ވިޔަފާރިއަކީ އެންމެ ފައިދާ ހުރި ވިޔަފާރި ކަމަށެވެ. މާދަމާ ވިއްކާލަން ބޭނުންވި ނަމަވެސް ފައިދާ ލިބޭނެކަން އެންމެ ޔަޤީން ވިޔަފާރި ކަމަށެވެ.