ޗައިނާގެ މަސާޖްޕާލަރެއްގައި އަލިފާން ރޯވުމުގެ ސަބަބުން 18 މީހުން އަނދައި 18 މީހުންނަށް އަނިޔާވެއްޖެއެވެ.
ޒީޖިއާން ޕްރޮވިނސުގައި އިއްޔެ ހަވީރު 6:30 ހައިއިރު ހިނގި މިހާދިސާގައި ރޯވި އަލިފާން ނިއްވައިލެވުނީ 2 ގަޑިއެއްހާއިރުންނެވެ.
ބައެއް މީހުންނަށް އަނިޔާލިބުނީ އަލިފާނުން ސަލާމަތްވުމަށް ކުޑަދޮރުތަކުން ބޭރަށް ފުންމާލުމުންނެވެ.