މައްކާގެ ސަގާފީ ޢީދަށް ބޮޑު ތަރުޙީބެއް- އެމެރިކާގެ މުސްލިމުންވެސް ބައިވެރިވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
މައްކާގެ ސަގާފީ ޢީދަށް ބޮޑު ތަރުޙީބެއް- އެމެރިކާގެ މުސްލިމުންވެސް ބައިވެރިވެއްޖެ
މައްކާގެ ޤަދީމީ ޒަމާން ދައްކައިދޭ ޘަޤާފީ ޢީދަށް ބޮޑު ތަރުޙީބެއް ލިބެމުން އެބަދެއެވެ. 2 ހަފްތާއަށް ކުރިއަށް ގެންދާ މިޢީދުގައި އެމެރިކާގެ މުސްލިމުން ވެސް ދަނީ ބައިވެރިވަމުންނެވެ.

މިއީ މައްކާގެ "މައްކަތުލް މުކައްރަމާ ހައުސް'' ގައި ކުރިއަށް ގެންދާ 31 ވަނަ އަހަރެވެ.

މިއީދުގެ ބޭނުމަކީ ކުރީ ޒަމާނުގައި މައްކާގައި މީހުން ދިރިއުޅުނުގޮތް އަންގައިދިނުމެވެ. އެއިރުގެ ޘަޤާފަތާއި މީހުން ލައި އުޅުނު ހެދުންތަކާއި އަދި ކައިބޮއި އުޅުނު ގޮތުގެ މައުލުމާތު ފޯރުކޮށްދިނުމެވެ. ރައްކާތެރިކުރެވިފއިވާ އެއިރުގެ ޤަދީމީ ތަރިކަތައްވެސް މިއީދުގައި ދައްކައެވެ.

ކޮންމެ އަހަރަކުވެސް މިއީދަށް ދުނިޔޭގެ ކަންކޮޅުތަކުން ގޮސް މައްކާގެ އެއިރުގެ ޘަޤާފަތް ދަސްކުރެއެވެެ. އެކަމުގެ ސަބަބުން އެއިރު މުސްލިމުން އުޅުނު ގޮތުގެ މައުލޫމާތު ލިބެއެވެ. އެހެންކަމުން މި ޢީދަކީ މުސްލިމުންނަށް ގިނަ ކަންތައްތަކެއް އެނގިގެންދާ އީދެކެވެ.
މިއަދު އޮންލައިން