"އަހަރެން މަރައިލީ ބައިވެރިޔާ އެކަންނެއް ނޫން- މަންމަ އާއި ބައްޕަވެސް ވާނީ މަރާލާފަ" ކަމަށް އުމުރުން 32 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ދާސް ބުނެފިއެވެ.
ބޯޕާލްގެ ފުލުހުން އޭނާ ހައްޔަރުކުރީ އޭނާ އެހެން ދުރު އަވަށަކުން ގެނެސް އެކުގައި ގެންގުޅު އަންހެން ކުއްޖެއްގެ މަރުގެ މައްސަލައިގައެވެ. ދާސް ބުނީ އެ ކުއްޖޭގެ އުނދަނގޫ ބޮޑުވުމުން މަރާލައި އަދި ޗިސްޗިސްކޮށްލުމަށްފަހު ގޭގެ ތަޅުންގަނޑުގެ އަޑީގައި ވަޅުލައި މަތިން މާބްލް ޖެހިތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ.
ދާސް ބުނީ އޭނާގެ މަންމަ ބައްޕަ މަރައިލީ މީގެ 6 އަހަރުކުރިން ކަމަށެވެ. އަދި އެމީހުން މަރައިލީ އޭނާ ކުރަން ބޭނުންވާ ކޮންމެ ކަމެއް އެމީހުން ހުއްޓުވާތީ ކަމަށެވެ.
ފުލުހުން ބުނީ އެމީހުން މައްސަލަ ބަލަމުން ގެންދާ ކަމަށާއި އޭނާ ދައްކާ ވާހަކައަށް އެއްވެސް ބަހެއް ބުނާނީ ހެކި ހޯދުމަށްފަހުގައި ކަމަށެވެ.