މުސްލިމުންގެ އެންމެ މުޤައްދިސް ބިނާ، މައްކާގެ ހަރަންފުޅުގައި ހުޅުޖަހަން އުޅުނު މީހަކު އަތުލައިގެންފިއެވެ.
އިހްރާމް ހެދުމުގައި ހުރެ ހަރަމްފުޅުގެ އުރަކޮޅަށް ކަރާސީނު އަޅާތަންފެނުމުން އެމީހާ ހުއްޓުވައި ހިފެހެއްޓީ އެއިރު ހަރަމްފުޅު އަރިހުގައި ތިބި ބައެކެވެ. އެމީހުން އޭނާ ހިފެހެއްޓުމަށްފަހު ސަލާމަތީ ކަންކަން ބަލަހައްޓާ މީހުންގެ ސަމާލުކަމަށް ގެނައުމުން އޭނާ އެތަނުން ގެންދާ މަންޒަރު ބައަކު ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއަކުން ހާމަކޮށްފައެވެ.
އޭނާ ހިފެހެއްޓި މީހުން ބުނެފައިވަނީ އޭނާ އެކަން ކުރަމުން ބުނަމުން ގެންދިއައީ އިސްލާމްދީނާއި ދެކޮޅު ބަސްތަކެއް ކަމަށެވެ.
މިހާދިސާ ހިނގިކަމަށްވަނީ އިއްޔެ މެންދުރު 11:40 ހައިއިރުއެވެ.
ގުޅުންހުރި ވީޑިއޯ: