އިންޓަރ އޮފީސް ދެވަނަ ހޭންޑްބޯލް މުބާރާތުގައި މިއަހަރު ބާރަ ޓީމު

ކިޔުމަށް ހޭދަވާނީ 1މ 5ސ
އިންޓަރ އޮފީސް ދެވަނަ ހޭންޑްބޯލް މުބާރާތުގައި މިއަހަރު ބާރަ ޓީމު
އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ 12 ޓީމުގެ ތެރޭގައި ހިމެނެނީ އަންހެން 8 ޓީމާއި ފިރިހެން 4 ޓީމް ހިމެނޭ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ބުނެއެވެ.

އަންހެންބައިގާ ދެ ގުރޫޕަކަށް ޓީމުތައް ބަހާލުމަށްފަހު، ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އަހަރުގެ މުބާރާތުގައި ވާދަކުރާ އަންހެން ޓީމުތަކަކީ އައިޖީއެމްއެޗް، މޯލްޑިވްސް ގޭސް، ޕޮލިސް، ޔޫތު މިނިސްޓްރީ، އިމިގްރޭޝަން، ފްލައިމީ، ފިނޭސް މިނިސްޓްރީ، ޓުއަރިޒަމް މިނިސްޓްރީއެވެ.

އަދި ސްޓެލްކޯ، އެމްޕީއެލް، ޕޮލިސް، އަދި މޯލްޑިވްސް ގޭސް ބައުވެރިވެފައިވާ ފިރިހެންބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބުރެއް ކުޅުމަށްފަހު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށް ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ފައިބެއަހަރުގެ މުބާރާތުގެ އަންހެން ޗެމްޕިއަންކަން އިމިގްރެޝަން ހޯދި އިރު، ފިރިހެން ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފް އެވެ.
މިއަދު އޮންލައިން