ހޭންޑްބޯލް ކޯޗިންގ ކޯހެއް ބޭއްވުމަށް ނިންމާ، ބައިވެރިވާން ފުރުޞަތު ހުޅުވާލައިފި

ކިޔުމަށް ހޭދަވާނީ 33ސ
ހޭންޑްބޯލް ކޯޗިންގ ކޯހެއް ބޭއްވުމަށް ނިންމާ، ބައިވެރިވާން ފުރުޞަތު ހުޅުވާލައިފި
ހޭންޑްބޯލް ކޯޗިންގ ކޯހެއް ބޭއްވުމަށް ނިންމާ، ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހޭންޑްބޯލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މިކޯސް އޮންނާނީ މިމަހުގެ 19 އިން 28 އަށް މާލޭގައެވެ. އަދި ކޯހުގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ލިޔުމަކުން އެކަން ހޭންޑްބޯލް އެސޯސިއޭޝަނަށް އަންގަން ޖެހޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ހޭންޑްބޯލް އެސޯސިއޭޝަންގެ ކޯޗިންގ ކޮމިޝަން ހެޑް ޢަލީ ސޮފީހު ސާމިރު ކިޔަވައިދޭ މި ކޯހަކީ ހޭންޑްބޯލް އެސޯސިއޭޝަނުން މިއަހަރު ބާއްވާ ފުރަތަމަ ކޯޗިންގ ކޯހެވެ.
މިއަދު އޮންލައިން