2011 ވަނަ އަހަރުން ފެށިގެން މިހައިތަނަށް ސީރިޔާގެ "ސްލޯޓަރ ހައުސް" ގައި 13،000 އަށްވުރެ ގިނަ މީހުން ދަންޖައްސައި މަރާފައިވާ މައްސަލަ އަކީ ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި އެމައްސަލަ ދުނިޔޭގެ ޖިނާޢީ ކޯޓުން "ހަނގުރާމައިގެ ޖަރީމާއެއް"ގެ ގޮތުގައި ބަލަންޖެހޭނެ ކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލުން ބުނެފިއެވެ.
އެމްނެސްޓީން އިއްޔެ ބުނީ މިއީ އދގެ ސެކިޔުރިޓީ ކައުންސިލުން ބަލައި އެކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއްކަމަށެވެ."މިހައި ބޮޑެތި ޖަރީމާތައް ހިންގުމުން ފިޔަވަޅު ނާޅާނަމަ މުއައްސަސާތައް ހަދައިގެން ތިބުމުގެ އެއްވެސް ބޭނުމެއް ނެތް" ކަމަށްވެސް އެމްނެސްޓީން ބުނެފައިވެއެވެ.
ސީރިޔާގެ ބައެއް އޮފިޝަލުން ވިދާޅުވެފައިވަނީ ހަމަ މިހައި ގިނަ މީހުން މަރާފައިވާ އިތުރު ޖަލުތައް ސީރިޔާގެ ކަންކޮޅުތަކުގައި އެބަހުރި ކަމަށެވެ.
ޖެނީވާގައި ބާއްވާ ޞުލްހައިގެ ވާހަކަތަކުގައި މިކަންކަމަށް މަޝްވަރާކުރެވެން ޖެހޭނެ ކަމަށްވެސް އެމްނެސްޓީން ވަނީ ބުނެފައެވެ.