"ﷲ އަކްބަރު" ފަރަންސޭސި ސިފައިންނާ ދިމާއަށް ދިއަ މީހާގެ ހާލު ވަރަށް ނުރައްކާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
"ﷲ އަކްބަރު" ފަރަންސޭސި ސިފައިންނާ ދިމާއަށް ދިއަ މީހާގެ ހާލު ވަރަށް ނުރައްކާ!
މިދިއަ ހުކުރު ދުވަހު ފަރަންސޭސިވިލާތުގެ ޕެރިސް މިޔުޒިއަމް ކޮމްޕްލެކްސްގެ ސެކިޔުރިޓީ ބަލަހައްޓަން ތިބި ސިފައިންގެ ބައަކާއި ދިމާއަށް "ﷲއަކްބަރު" ގޮވަމުން ދިއަ މިޞުރު މީހާގެ ހާލު ވަރަށް ނުރައްކާތެރި ކަމަށް ޕެރިހުގެ ބަންޑާރަނައިބް ބުނެފިއެވެ.

"ﷲއަކްބަރު ގޮވަމުން ސިފައިންނާއި ދިމާއަށް ދިއަ މީހަކީ މިޞުރުގެ ރައްޔިތެއް ކަމަށްވާ އުމުރުން 29 އަަހރުގެ ޢަބްދުﷲ އަލް-ހަމަހްމީ އެވެ. އޭނާ އެގޮތަށް ކުރިއަށްދާން ފެށުމުން އޭނާގެ ފަޔަށް ވަނީ 4 ވަޒަންޖަހައިފައެވެ.

ބަންޑަރަ ނައިބް ބުނީ މިހާރު އޭނާ ވަނީ ނުރައްކާތެރި ޓެރަރިސްޓުންގެ ދަރަޖައިން އާދައިގެ ޓެރަރިސްޓެއްގެ ދަރަޖައަށް ބަދަލުކޮށޑްފައި ކަމަށެވެ. އަދި އޭނާގެ މައްސަލަ މިހާރު ބަލަނީ ޓެރަރިޒަމާއިބެހޭ ސިފައިން ކަމަށާއި އޭނާގެ ހާލަތު ރަނގަޅުވުމުން ތަޙްޤީޤް ކުރިއަށް ގެންދާނެ ކަމަށެވެ.

އޭނާގެ ބައްޕަ ބުނީ ދަރިފުޅަކީ ޔޫއޭއީގެ ލޯފާމެއްގައި މަސައްކަތްކުރާ ވަކީލެއް ކަމަށާއި ޔޫއޭއީގައި ދަރިފުޅު އުޅޭތާ މިހާރު 5 އަހަރުވެއްޖެ ކަމަށެވެ.

މިޞުރުގެ ސިފައިން ބުނީ އޭނާއަކީ ޓެރަރިސްޓުންނާއި އެއްވެސް ގުޅުމެއް ހުރި މީހެއްކަން ބަލަމުން ގެންދާ ކަމަށެވެ. އަދި އޭނާގެ މައުލޫމާތު ހޯދުމަށްފަހު ޕެރިހާއި ހިއްޞާކުރާނެ ކަމަށެވެ.

އޭނާއަށް މިހާރު ގެންދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މިއަދު އޮންލައިން