މަދީނާގެ ޔަތީމް ކުދިންނަށް އެހީވުމަށް 100،000 ކަދުރު ރުއް އިންދަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
މަދީނާގެ ޔަތީމް ކުދިންނަށް އެހީވުމަށް 100،000 ކަދުރު ރުއް އިންދަނީ!
މަދީނާގެ ޔަތީމް ކުދިންނަށް އެހީވުމަށް 100،000 ކަދުރު ރުއް އިންދުމުގެ ޕްރޮގްރާމެއް މަދީނާގެ ގަވަރުނަރތު ޕްރިންސް ފައިޞަލް ބިން ސަލްމާން ފަށްޓަވައިފިއެވެ.

މަޝްރޫއު ފަށްޓަވައިދެއްވުމުގެ ގޮތުން ޕްރިންސް ފައިޞަލް ވަނީ 100 ކަދުރުރުކަށް ކުރަންޖެހޭ ޚަރަދު ހަދިޔާކުރައްވައިފައެވެ. އެމަނިކުފާނު ވަނީ އެމީހަކަށް ވެވުނު ވަރަކުން މި މަޝްރޫއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަދައިގެންފައެވެ.

ޕްރިންސް ފައިޞަލްގެ ޔަތީމް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއިން މިހާރުވެސް ގެންދަވަނީ 8000 ޔަތީމް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

މި މަޝްރޫއަށް އިންދާ ކޮންމެ ރުކެއް އިންދަން ބިމާއިއެކު 600 ރިޔާލަ ޚަރަދުވާނެއެވެ. ކަދުރު ލިބެންފަށާނީ 2 އަހަރު ފަހުންނެވެ.

ޖަމިއްޔާގެ ސެކެޓްރީ ވިދާޅުވީ މި މަޝްރޫއު ފެށުމަށް ޖަމިއްޔާއިން ނިންމީ 1 އަހަރު ދުވަހު މަޝްރޫއާއި ބެހޭގޮތުން ދިރާސާކުރުމަށްފަހު ކަމަށެވެ.

އަދި ކަދުރު ރުކަކީ ގިނަ އަހަރުތަކެއް ވަންދެން ކަދުރު ލިބޭ ރުކަކަށްވުމުން މި މަޝްރޫއުގެ ފައިދާ އެތައް ދިގު ޒަމާންތަކެއް ވަންދެން ޔަތީމުންނަށް ލިބޭނެ ކަމަށެވެ.

މޭވާއަޅާ، އެހެން މީހުންނަށް އެހީލިބޭނެ ގަހެއް އިންދުމަކީ މަރުވުމަށްފަހުގައިވެސް އެކަމުން ސަވާބުލިބޭނެ ކަމެކެވެ.
މިއަދު އޮންލައިން