މެނިލާގެ ފަޤީރުން ދިރިއުޅޭ ސަރަހައްދެއްގަ އަލިފާން ރޯވެ 15،000 މީހުން މަގުމަތިވެއްޖެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
މެނިލާގެ ފަޤީރުން ދިރިއުޅޭ ސަރަހައްދެއްގަ އަލިފާން ރޯވެ 15،000 މީހުން މަގުމަތިވެއްޖެ.
ފިލިޕިންސްގެ ވެރިރަށް މެނީލާގައި ފަޤީރުން ދިރިއުޅޭ ސަރަހައްދެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 15،000 އަށްވުރެ ގިނަ މީހުން މަގުމަތިވެއްޖެއެވެ.

ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި 10 ގަޑިއިރަށް ދެމިގެންދިއަ މިހާދިސާގައި ފަޤީރުން ދިރިއުޅޭ އެތައް ހާސް ޖިފުޓިއެއް ވަނީ އަނދައިގެން ގޮސްފައެވެ.

އިއްޔެ ހިނގި މިހާދިސާގައި ފަޤީރުން ގެންގުޅޭ ގިނަ އަދަދެއްގެ ތަކެތިވެސް ވަނީ އަނދައިގެން ގޮސްފައެވެ. އެހެންކަމުން އެތައް ހާސް ބައަކު މަގުމަތިވެފައިވަނީ ހަމައެކަނި ލައިގެންހުރި ހެދުމާއިއެކުގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެހައި ގިނަ އަދަދެއްގެ ގެތައް އަނދަން މެދުވެރިވީ ގެތައް ބައު ލަކުޑި ފަދަ ތަކެތިން އަޅާފައި ހުރުމުންނެވެ. މެނީލާގައި ދިރިއުޅޭ 13 މިލިއަން މީހުގެ ހަތަރުބައިކުޅަ އެއްބައި ދިރިއުޅެނީ މިފަދަ ފަޤީރު ހާލަތުގައެވެ.
މިއަދު އޮންލައިން