ސަރުކާރެއް ނެތި އަހަރުތަކެއް ފާއިތުވެފައިވާ ސޯމާލިއާގައި ރައީސަކު އިންތިޚާބުކުރުމަށް ވޯޓުލާން ފަށައިފިއެވެ. ހަނގުރާމަވެރި ޖަމާއަތްތަކުން 12 ކެންޑިޑޭޓުން ވަނީ ކުރިމަތިލައިފައެވެ.
ވޯޓުލުން މިއަދު ކުރިއަށް ގެންދަނީ އެއާޕޯޓްވެސް ބަންދުކޮށް ސަލާމަތީ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށްފަހުގައެވެ. ވޯޓުލުން ކުރިއަށް ގެންދަން ހަަމަޖެހިފައިވަނީ ބުރުތަކަކަށް ބަހާލައިގެންނެވެ.
ސޯމާލިއާގައި ޤާނޫނީ ވެރިކަމެއް ނެތްތާ 25 ވަރަކަށް އަހަރުވެއްޖެއެވެ. ހަނގުރާމަވެރި ޖަމާއަތްތަކުން ހިންގަމުން ގެންދާ ޖަރީމާތަކުގެ ސަބަބުން 12 މިލިއަން މީހުން ވަނީ ވިއްސިވިހާލިވެފައެވެ.
ިއިންތިޚާބުގެ ވޯޓުލުން މިއަދު ފެށިނަމަވެސް ކަންކަން ކުރިއަށް ގެންދެވިދާނެކަމާއިމެދު މިހާރުވެސް ވަނީ ސުވާލުތައް އުފެދިފައެވެ.