300 ކިލޯ ބަރުދަން ހުރި މީހަކު ސޭލާއަކުން ބާލައިގެން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
300 ކިލޯ ބަރުދަން ހުރި މީހަކު ސޭލާއަކުން ބާލައިގެން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފި
ބަރުދަނުގައި 300 ކިލޯ ހުރި މީހަކު އަލިފާން ނިއްވަން ބޭނުންކުރާ ސޭލާއަކުން ބާލައިގެން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކޮށްފިއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތްކުރާ ސިވިލް ޑިފެންސްގެ މީހުން އޭނާ ދިރިއުޅޭ ގޭގެ 4 ވަނަ ބުރީގެ ކޮޓަރިން ނެރުނީ ބެލްކަނީގައި ޖަހާފައި ހުރި ދަގަނޑު ތޭރިތައް ނައްޓާލައިގެންނެވެ. އޭނާ އެމްބިޔުލާންސެއްގައި ހޮސްޕިޓަލަށް ގެންދެވުނީ ދޮޅުގަޑިއިރު މަސައްކަތްކޮށްގެންނެވެ.

އޭނާގެ ފިރިހެން ދަރިފުޅު ބުނީ ބައްޕަ ފަލަކަމުން ކޮޓަރިން ބޭރަށް ނުނެރެވޭތާ މިހާރު 3 އަހަރު ވެއްޖެ ކަމަށެވެ. އަދި ސިވިލް ޑިފެންސްގެ އެހީތެރިކަމަށް އެދެންޖެހުނީ ނޭވާލާން އުނދަގޫވުމުގެ މައްސަލަތަކެއް ކުރިމަތިވުމުން ކަމަށެވެ.

80 އަހަރުގެ އެމީހާ ބުނީ ސިވިލް ޑިފެންސްގެ މީހުން އޭނާ އާއިމެދު ކަންތައް ކުރީ ވަރަށް އޯގާތެރިކަމާއިއެކު ކަމަށާއި އޭނާގެ ހާލު ބެލުމަށް ހޮސްޕިޓަލަށްވެސް އަންނަ ކަމަށެވެ.

އުމުރުން 70 އަހަރުގެ މިމީހާއަކީ ސިރިޔާއިން ޝާރުޖާއަށް 2013 ވަނަ އަހަރު އައިސް އުޅޭ މީހެކެވެ. އޭނާގެ ދަރިން ވަޒީފާއަދާކުރަނީ ޔޫއޭއީގައެވެ. ނަމަވެސް އެއްވެސް ދަރިއެއްގެ މުސާރައަށް މަހަކު 20،000 ދިރްހަމް ނުލިބޭތީ ވިސާ ލިބޭނެ ގޮތް ވަނީ ނުވެފައެވެ. އޭނާ އާއި އެނާގެ 70 އަހަރުވީ އަނބިމިހާ ވެސް އުޅެނީ ވިސާ ނެތިއެވެ.
މިއަދު އޮންލައިން