ދުބާއީގެ ވެރިޔާ ގިނިކަންޏާ ވަޑައިގެން ރެސްޓޯރަންޓަކުން އާންމުންގެ ބައަކާއިއެކު ފަރިއްކުޅުއްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދުބާއީގެ ވެރިޔާ ގިނިކަންޏާ ވަޑައިގެން ރެސްޓޯރަންޓަކުން އާންމުންގެ ބައަކާއިއެކު ފަރިއްކުޅުއްވައިފި
ޔޫއޭއީގެ ވެރިޔާ އަދި ޔޫއޭއީގެ ވައިސްޕްރެޒިޑެންޓް، ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން ރާޝިދް އަލްމަޚްޠޫމް ގިނިކަންޏާ މަގުމަތީގައި ހިންގަވާފައި ވަޑައިގެން ޢާންމުންގެ ބައަކާއިއެކު ރެސްޓޯރަންޓަކުން ފަރިއްކުޅުއްވައިފިއެވެ.

ޝައިޚް ގިނިކަންޏާ ކުއްލިއަކަށް ފަރްޒީ ކެފޭއަށް ވަޑައިގަތުމުން އެތަނުގައި ތިބި މީހުންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ރެސްޓޯރަންޓުގެ ވެރިން ވަނީ ވަގުތުން އެމަނިކުފާނު އެތަނުގައި ހުންނަވަނިކޮށް ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި ޢާންމުކޮށްފައެވެ.

ބައެއް ނޫސްތަކުގައި ބުނެފައިވަނީ މީހުން އަޅައި ނުގަންނަނީ ކަމަށާއި ގިނިކަންޏާ ޝައިޚް ޝޮޕިންގ ސެންޓަރުތަކަށާއި ކެފޭތަކަށް ވަޑައިގެން ޢާންމުންގެ ދިރިއުޅުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ގިނިކަންނާ އެގޮތަށް ނުކުމެވަޑައިގަންނަވަނީ ކުރިން އެކަމުގެ މައުލޫމާތު އެއްވެސް ބައަކަށް ދެއްވާފައި ނޫން ކަމަށެވެ.

މުސްލިމް ޤައުމުތަކުގެ ވެރިންގެ ހާލަތު އަދި ސަލާމަތީ މައްސަލަތައް ހުރިގޮތުން މިފަދަ ވެރިއަކު ގިނިކަންޏާ ނުކުމެވަޑައިގެން މަގުމަތީގައި އުޅުއްވައި ސެކިޔުރިޓީން ނެތި ޢާންމުންނާއި މުޢާމަލާތުކޮށް ހެއްދެވުމަކީ ވަރަށް ޚާއްޞަ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

ޝައިޚް މަޚްޠޫމް ގެންދަވަނީ ރައްޔިތުންނާއި ވަރަށް ގާތުން ކަންކަން ކުރައްވަމުންނެވެ. ކުރިން އެންގެވުމަކާއި ނުލައި ބައެއް ގޭގެއަށްވެސް ވަޑައިގެން އެގޭގެ މީހުންނާއިއެކު ވަގުތު ހޭދަކުރެއްވުން ފަދަ ކަންކަން ވެސް އެމަނިކުފާނު ގެންދަވަނީ ކުރައްވަމުންނެވެ.
މިއަދު އޮންލައިން