މެދުއިރުމައްޗަށް ހަމަޖެހުން އަންނާނެ ކޮންމެ ކަމެއްގައިވެސް އީރާނާއިއެކު ގުޅިގެން މަސައްކަތްކުރަން ތައްޔާރުކަމަށް ކުވައިތުން ބުނެފިއެވެ.
ކުވައިތުން ބުނީ އީރާނުގެ ކިބައިން އެއްބާރުލުން އެންމެ ބޮޑަށް ބޭނުންވަނީ ސީރިޔާ އާއި ޔަމަނުގައި ކުރަމުން ގެންދާ ހަނގުރާމަތައް ހުއްޓުވުމަށް ކަމަށެވެ. އެ ދެ ޤައުމުގައި ހަމަޖެހުމާއި އަމާން ޤާއިމުކުރުމަށް ކަމަށެވެ.
އީރާނުން މިހާރު މަސައްކަތްކުރަނީ މެދުއިރުމަތީގެ ޤައުމުތަކާއިއެކު ގާތް ގުޅުމެއް އުފެއްދުމަށެވެ. އެމެރިކާއިން ދަތިކުރުމުމުގެ ފިޔަވަޅު އީރާނާއި ދެކޮޅަށް މިހާރު އަޅާފައިވުމުން އިރާނަށް ކުރިމަތިވާނެ މައްސަލަތަކުން ސަލާމަތްވުމަށެވެ.
ކަންމިހެން އޮތް ނަމަވެސް ޔަމަނުގެ ހަނގުރާމަވެރިންނަށާއި ސީރިޔާގެ ސަރުކާރަށް އީރާނުން ފޯރުކޮށްދެމުން ގެންދާ އެއްބާރުލުމާއި އެހީތެރިކަމުގެ ސަބަބުން އީރާނަށް ވަނީ ވަރަށް ބޮޑަށް އެކަނިވެރިވާންޖެހިފައެވެ.