އިޒްރޭލުން ބޮން އަޅައި ޣާޒާގެ 2 މީހުން ޝަހީދުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 24ސ
އިޒްރޭލުން ބޮން އަޅައި ޣާޒާގެ 2 މީހުން ޝަހީދުކޮށްލައިފި
ރޭ ފަތިހުގެ ވަގުތެއްގައި އިޒްރޭލުން ބޮންއަޅައި ޣާޒާގެ 2 މީހުން ޝަހީދުކޮށްލައިފިއެވެ. މިހަމަލާގައި އިތުރު 5 މީހަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.

މިހަމަލާ ދީފައިވަނީ މިޞުރުގެ ބޯޑަރުކައިރީގައި އޮންނަ ޓަނަލަކަށެވެ. ނަމަވެސް އިޒްރޭލުން މިހަމަލާ ދިން ކަމަށް އެއްބަހެއް ނުވެއެވެ.

މިހަމަލާ ދިނުމަށްފަހު ބުނީ ރޭ ދަންވަރު އިޒްރޭލަށް ޣާޒާ އިން ރޮކެޓްތަކެއް ފޮނުވި ކަމަށެވެ. ނަމަވެސް އެކަން ދެނެހުރި މީހަކު ނެތެވެ. ލިބުނު ގެއްލުމެއްވެސް ބުނެއެއް ނުދެއެވެ.
މިއަދު އޮންލައިން