މުޖާހިދެއްގެ ފޮޓޯ ފެނުމުން ގުދުވި ސައުދީ އަންހެނެއްގެ މައްސަލަ ފެންމަތިވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މުޖާހިދެއްގެ ފޮޓޯ ފެނުމުން ގުދުވި ސައުދީ އަންހެނެއްގެ މައްސަލަ ފެންމަތިވެއްޖެ
ސައުދިއަރަބިޔާގައި ޓެރަރިސްޓް ހަމަލާތައް ދޭން މަސައްކަތްކުރި ޓެރަރިސްޓުންގެ ބައަކަާއި ކުރިމަތިލައި މަރުވެފައިވާ ސައުދީ ސިފައިންގެ މީހެއްގެ ފޮޓޯ ފެނުމުން ރުކޫއަށްދާ ގޮތަށް ގުދުވި ސައުދީ އަންހެނެއްގެ މައްސަލަ ފެންމަތިވެއްޖެއެވެ.

މުޙައްމަދު ޙާމިދު އަލްއިންޒީ އަކީ ސައުދީގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ސިފައިންެގ މީހެކެވެ. ޓެރަރިސްޓުންގެ ހަމަލާތަކުގައި މަރުވެފައިވާ އެފަދަ މީހުންގެ ފޮޓޯތައް ބޮޑުކޮށް ސައުދިއަރަބިޔާގެ ދާރުލްއާސާރެއްގައި ވަނީ ބަހައްޓައިފައެވެ. ގިނަ ބައަކު އެފޮޓޯތައް ބަލަންދެއެވެ.

އަންހެން މީހާ ބުނީ އޭނާއަށް ގުދުވެވުނީ ޙާމިދަށް ޤަދަރުކުރުމުގެ ގޮތުން ކަމަށެވެ. އަދި ހާމިދުގެ ހިތްވަރަށް އޭނާ ވަރަށް ބޮޑަށް ލޯބިކުރާ ކަމަށެވެ.

މިކަމާއި ގުޅިގެން ބައެއް މީހުން ބުނެފައިވަނީ މީހުންގެ ތަޞްވީރު ބަހައްޓާނަމަ މިފަދަ މައްސަލަތައް ކުރިމަތިވާނެ ކަމަށެވެ. ބުދަށް އަޅުކަން ކުރުން ފެށުނީވެސް މިފަދަ ކަންކަމުގެތެރެއިން ކަމަށެވެ.
މިއަދު އޮންލައިން