ފްރާންސްގެ ފްލެމަންވިލެ ނިޔުކްލިއަރ ޕްލާންޓްގައި މިއަދު އެއްޗެއް ގޮވައިފިއެވެ.
ފަރަންސޭސި ނޫސްތަކުގައި ބުނެފައިވަނީ މި ހާދިސާގައި ބައެއް މީހުންނަށް ގެއްލުން ލިބުނު ކަމަށެވެ. ނަމަވެސް ނިޔުކްލިއަރ ލީކްވެދާނެ ކަމުގެ ބިރުނެތްކަމަށެވެ.
ސަރުކާރުގެ ކަމާއިބެހޭ އެއްވެސް އިދާރާއަކުން މިކަމުގައި އަދި އެއްވެސް ބަހެއް ނުބުނެއެވެ.