ޗައިނާއަށް ޒިޔާރަތްކުރާ ބޭރު ޤައުމުތަކުގެ މީހުންގެ އިނގިލީގެ ނިޝާން ނަގަން ފަށަން ނިންމައިފިއެވެ. މިގޮތުން ފުރަތަމަ ނަގަން ހަމަޖެހިފައިވަނީ އުމުރުން 14 އަހަރާއި 70 އަހަރާއި ދެމެދުގެ މީހުންގެއެވެ.
ޗައިނާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ދެކުނު ޗައިނާގެ އެއާޕޯޓެއް ކަމަށްވާ ޝެން ޒެން އެއާޕޯޓުގައި މާދަމާ އިން ފެށިގެން އިގިލީގެ ނިޝާން ނަގަން ފަށާނެ ކަމަށާއި އެހެން އެއާޕޯޓްތަކުގައިވެސް ނަގަން ފަށާނެ ކަމަށެވެ. އަދި އެކަން ކުރަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.
ޗައިނާ އިން ބުނީ ބޭރު ޤައުމުތަކުން އެތެރެވާ މީހުންގެ ފުރިހަމަ މައުލޫމާތު އެއްކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ކަމެއް މެދުވެރިވެއްޖެނަމަ އެހީތެރިވާންވެސް ފަސޭހަވާނެ ކަމަށެވެ.
އެމެރިކާ. ޖަޕާން، ކެންބޯޑިއާ، އަދި ޓައިވާނުގައި މިހާރުވެސް އިނގިލީގެ ނިޝާން ނަގައެވެ.