ޝާރުޖާގެ ޝޮޕިންގ ސެންޓަރެއްގައި އަންހެނެއްގެ ހަރަކާތްތައް މޯބައިލް ފޯނަށް ވީޑިއޯކުރަމުން ދިއަ އޭސިއާގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުވެގެން މީހަކު ކުރި ރިޕޯޓަކާއި ގުޅިގެން ފުލުހުން އައިސް އޭނާ ހައްޔަރުކުރިއިރުވެސް ހުރީ ވީޑިއޯ ކުރާށެވެ.
ޝާރުޖާގެ ޤާނޫނު ބުނާގޮތުން މީހެއްގެ ހަރަކާތްތައް ވީޑިއޯކުރެވޭނީ އެމީހާގެ ހުއްދަލިބިގެންނެވެ. ހުއްދަ ނުހޯދައި ވީޑިއޯ ކުރުމުން އެކަން ބަލަނީ މަދަނީ އަދި ޖިނާޢީ ކުށެއްގެ ގޮތުގައެވެ.
މަދަނީ ކުށަކަށް ބަލަނީ އެއީ އެހެން މީހުންގެ މިނިވަންކަން ގެއްލޭކަމަކަށްވާތީއެވެ. ޖިނާޢީ ކުށަކަށް ވަނީ އެކަމުގެ ސަބަބުން މީހަކަށް ފަހުން ކުރިމަތިވެދާނެ މައްސަލަތަކެއް ހުރެދާނެތީއެވެ.