މިއަހަރުގެ ސީޒަނަށް ތައްޔާރުވުމުގެގޮތުން ތަމްރީނުތަކެއް ހެދުމަށް ރާއްޖޭގެ ނިއުރޭޑއަންޓް ސްޕޯޓްސް ކުލަބު މިއަދު ހއ. ކެލަޔަށް ފުރައިފިއެވެ.
މިއަދުން ފެށިގެން މިމަހުގެ 18 އާއި ހަމައަށް އެޓީމު ކެލާގައިތަމްރީންތައް ކުރިއަށް ގެންދާ އިރު،ކެލާ އަދިމުރައިދޫ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެމެޗް ކުޅެން ވަނީ ނިންމާފައެވެ.
ފާއިތުވި އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުމުގެ އަމާޒުގައި އެޓީމުގެ ސްކޯޑުވެސް ވަނީ ވަރުގަދަކޮށްފައެވެ.
އެގޮތުން ގޯލްކީޕަރ އިމްރާން މުހައްމަދާއި ފޯވާޑްޢަލީ ފާސިރު (ސެންޓޭ) އާއި މިޑްފީލްޑަރު އަކްރަމް އަބްދުލްޣަނީ އާއި ޑިފެންޑަރު އަޙުމަދު ޢަބްދުﷲ (ލިލީ) އާއި އޭދަފުށީ ޓީމުގެގޯލްކީޕަރ އަބްދުﷲ ޒިޔަޒަންވެސް ވަނީ ނިއުއަށް ގެނެސްފައެވެ.
އަދި މިމަހުގެ 16 ވާ ބްރާސްފަތި ދުވަހު ފަށާ މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ގާނާގެ ޑިފެންޑަރު ޑެނިއަލްޕަޕޯއާއިނެދަރލެންޑްސްގެމިޑްފީލްޑަރު ޖަމެލް ލީފްލޭންގާއި ސްޕެއިންގެ ފޯވާޑް އެޑްރިއަން ގަލާޑޯވަލްޑެސް އާއި ޖަޕާނުގެ މިޑްފީލްޑަރ ކެއިސޫކޭ އޮގާވާ އާއި މޮންޓެނީގްރޯގެޑިފެންޑަރު ސްޓެފަންމާކޮވިޗްވެސް ވަނީ ގެނެސްފައެވ.