އޮންދިގޯ ސްޓްރީޓް ސޮކަރކަޕް މިރޭ ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 45ސ
އޮންދިގޯ ސްޓްރީޓް ސޮކަރކަޕް މިރޭ ފަށަނީ
ދިފޭދޫ ސްޕޯޓްސް އިން އިންތިޒާމްކޮށްގެން ބާއްވާ “އޮންދިގޯ ސްޓްރީޓް ސޮކަރކަޕް 2017” މިރޭ ފަށާނައެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:00 ގައި ގަން ޕޮލިސް ސްޓޭޝަން ކައިރީގައި އޮންނަ ޓެނިސްކޯޓުގައެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ބައްދަލުކުރާނީ ހަބޭސްއާއި ޔަންގްވަންސް އެވެ.

މިމުބާރާތުގައި ޖުމްލަ 20 ޓީމް ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި މާލެއިންވެސް ޓީމެއް ބައިވެރިވެފައިވެއެވެ. މުބާރާތުގައި ފައިނަލް މެޗާއެކު ޖުމްލަ 47 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ، ދިފޭދޫ ސްޕޯޓްސްގެ މެންބަރ އަލީ ސަރީރު (ޕީޓާ) ބުނުއްވީ މިރެއިން ފެށިގެން މިމަހުގެ 25 އާ ހަމައަށް މުބާރާތް ކުރިއަށްދާނެ ކަމަށެވެ.
މިއީ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ. މުބާރާތުގެ މެއިން ސްޕޮންސަރަކީ އޮންދިގޯއެވެ.
މިއަދު އޮންލައިން