މެދުވަލު ސިޓީ ޔުނައިޓެޑް (އެމްސީޔޫ) އާއި، ސ.ހިތަދޫ ޔޫތުސެންޓަރ ގުޅިގެން ބާއްވާ ވިމެންސް ވަންޑޭ ފުޓުސަލް ކަޕު ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.
ތޭވީސް އަހަރުން ދަށުގެ އަންހެން ކުދިންނަށް ޚާއްސަ ކޮށްގެން ބާއްވާ މިމުބާރާތް ހުޅުވައިދެއްވީ އައްޑޫ ސިޓީ ކައުންސިލްގެ މެންބަރ މުހައްމަދު ޔަސްރިފެވެ. މިރަސްމިއްޔާތުގައި އައްޑޫވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ ރައީސާ ޖަމްޝީދާ މުހައްމަދާއި އަދިވެސް އިސް ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖުމްލަ 4 ޓީމް ބައިވެރިވެފައިވާ މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:00 ގައެވެ. މުބާރާތުގައި ބައިވެރިވެފައިވަނީ ހިތަދޫ ޓީމަކާއި، މަރަދޫ ދެ ޓީމާއި، މީދޫ ޓީމެކެވެ.