ރަސިއާ އިން އިއްޔެ ސީރިޔާގައި ދިން ބޮމުގެ ހަލާއެއްގަ ތުރުކީގެ 3 ސިފައިން މަރުވެ 11 ސިފައިން ޒަކަމްވުމުން ރަސިއާގެ ރައިސް ޕުޓިން ތުރުކީގެ ރައީސްގެ ކިބައިން މައާފަށް އެދިއްޖެއެވެ.
އަނިޔާވި މީހުންގެ ތެރެއިން އެކަކު އޮތީ ވަރަށް ނުރައްކާތެރި ހާލަތުގައެވެ.
ޕުޓިން ބުނީ އެކަމާމެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި ހަމަލާ ދޭން މަސައްކަތްކުރީ އައިއެސްއަށް ކަމަށެވެ. އަދި އެއީ އެކްސިޑެންޓެއް ކަމަށާއި އެކަން ހިނގަން މެދުވެރިވި ސަބަބު ބަލަމުން ގެންދާ ކަމަށެވެ.
ޕުޓިން ބުނީ އުރުދުގާން މައާފްކުރެއްވި ކަމަށާއި ދެ ޤައުމު ގުޅިގެން އައިއެސް އާއި ދެކޮޅަށް ކުރިއަށް ގެންދާ ހަމަލާތައް އަދިވެސް ކުރިއަށް ގެންދާނެ ކަމަށެވެ.