ބަހްރައިންގެ ޖަލުން ފިލި ޓެރަރިސްޓުން ފިލަން އިރާނަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ބަހްރައިންގެ ޖަލުން ފިލި ޓެރަރިސްޓުން ފިލަން އިރާނަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައިފި
ބަހްރައިންގެ ޖަލުން ފިލާފައިވާ ނުރައްތާތެރި ޓެރަރިސްޓުންތައް ފިލަން އީރާނަށް ދަނިކޮށް ކަނޑުމަތިން ހުއްޓުވައި ބައަކު އަތުލައިގެންފިއެވެ.

ބަހްރައިނުން ބުނީ ކަނޑުމަތީގައި ހިންގި ކުރިމަތިލުންތަކުގައި 3 ޓެރަރިސްޓަކު މަރުވެފައިވާ ކަމަށާއި 7 މީހަކު ދިރިތިއްބާ އަތުލައިގަނެވުނު ކަމަށެވެ. އަދި އަތުލައިގަނެވުނު މީހުންނަކީ މިދިއަމަހު ޖަލު ހަލާކޮށްލައިގެން ފިލި މީހުންނާއި އެކަމާއި ގުޅުންހުރި ބައެއް ކަމަށެވެ.

ބަހްރައިން ފުލުހުންގެ އޮފިޝަލަކު އިއްޔެ ބުނެފައިވަނީ ކުޑަ ބޯޓެއްގައި މިމީހުން ފުރިތަން ފުލުހުންނަށް ފެނުނު ކަމަށެވެ. ނަމަވެސް ބަޑީގެ ހަމަލާތައް ބަދަލުކުރަންޖެހޭނެތީ ވަކިހިސާބަކަށް ނުކުންނަންދެން މަޑުކުރުމަށްފަހު ހަމަލާދީ އަތުލައިގަތީ ކަމަށެވެ. "ރައްދުގައި ޓެރަރިސްޓުންވެސް ހަމަލާދިން. އެމީހުން މަސައްކަތްކުރީ ކުޑަ ބޯޓެއްގަ ބަހްރައިން ކަނޑުގެ ސަރަހައްދުން ނުކުންނަން. ނުކުތުމުން އެހީވާން އީރާނުގެ ޓެރަރިސްޓުން ކަނޑަށް ނުކުމެ އެ ސަރަހައްދުގައި ތިބީ."

މިހަމަލާގައި އަތުލައިގަނެވުނު ޓެރަރިސްޓުންގެ ތެރޭގައި 22 އަހަރުން ފެށިގެން 79 އަހަރާއި ހަމައަށް ޖަލު ޙުކުމް އިއްވާފައިވާ ޓެރަރިސްޓުންވެސް ހިމެނެއެވެ. އުޅަނދުން ސިފައިން އަތުލައިގަތް ތަކެތީގެތެރޭގައި ކޯސްޓްގާޑަށް ހަމަލާދެވޭވަރުގެ ބަޑިއާއި ސެޓެލައިޓް ފޯނާއި ޖީޕީއެސް އާއި އައިޑީ ކާޑުތަކާއި ގިނަ އަދަދެއްގެ ފައިސާ ވެސް ހިމެނެއެވެ.
މިއަދު އޮންލައިން