"ﷲއަށްޓަކައި ބަނޑުފުރާނަ މުއްތިކޮށްލާނެ އެއްޗެއް ދެއްވާ!" 2.2 މިލިއަން ޔަމަން ކުޑަކުދިންގެ އާދޭސް.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
"ﷲއަށްޓަކައި ބަނޑުފުރާނަ މުއްތިކޮށްލާނެ އެއްޗެއް ދެއްވާ!" 2.2 މިލިއަން ޔަމަން ކުޑަކުދިންގެ އާދޭސް.

ޤައުމުގެ 27 މިލިއަން މީހުން ބަނޑަށް ޖެހިފައެވެ. ފައިސާއެއް ކާނެ ބޯނެ އެއްޗެއް ނެތިއެވެ. އެއިގެ ތެރެއިން އެންމެ ނިކަމެތިހާލުގައި ތިބި ކުޑަކުދިންގެ އަދަދު 2.2 މިލިއަނަށް އަރާ ކަމަށް އދ ގެ ހިސާބުތައް ދައްކައެވެ.

އެކުދިން މަގުތަކުގައި ސަލާން ޖަހައި އާދޭސްކުރަނީ ހަމައެންމެ ކަމަކަށެވެ. ޔަމަނުގެ މަގުތަކުގައި ސަލާންޖަހަމުންދާ 2.2 މިލިއަން ޔަމަންކުދިންގެ އާދޭހަކީ "ﷲ އަށްޓަކައި ބަނޑުފުރާނަ މުއްތިކޮށްލާނެ އެއްޗެއް ދެއްވާ!" އެވެ. ބަނޑުހައި ހޫނުކަން ފިލުވައިލެވޭނެ ފަދަ ނެތްތަނުގައި ބޮއެލާނެ ފެންފޮދެއްވެސް ނެތުމުންނެވެ.

ގިނަ ކުދިންގެ މައިން ބަފައިން، މަންމަ، ނުވަތަ ބައްޕަ ވަނީ ހަނގުރާމައިގައި މަރުވެފައެވެ. އަޅާލައި އެހީތެރިކަން ފޮރުކޮށްދޭނެ ފަރާތެއް ނެތިފައެވެ. ދުނިޔޭގައި ތިބޭތީ ކާން ބޯން ޖެހެއެވެ. އެހެން އެއްވެސް ގޮތެއް ނެތުމުން މަގުތަކަށް ނުކުމެ ސަލާންޖަހަން މަޖުބޫރުވަނީއެވެ.

ތުއްތު ކުދިންތަކުން ފެށިގެން ބޮޑެތި ކުދިންތައް މަގުތަކުގައި އުޅެމުން ގެންދާ މިހާލު ލޮލުން ދުށުމަކީ ހިތަށް ކުޅަދާނަކަމެއް ނޫނެވެ. އދ އިން ބުނަމުން ގެންދަނީ ޔަމަނުގެ ހާލަތު މިއަހަރު އިތުރަށް ގޯސްވެ އިތުރު އެތައް މިލިއަން ބައަކު ބަނޑަށް ޖެހޭނެ ކަމަށެވެ.

ޔަމަނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ސައުދިއަރަބިޔާއިންނެވެ. އެހެންކަމާއިއެކުވެސް މުޅި ޔަމަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއްވެސް ޤައުމަކަށް ކޮށްދެވޭނެ ކަމެއް ނޫނެވެ.
މިއަދު އޮންލައިން