ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި އީރާނުން މަރުގެ އަދަބުދޭން އެދުނު 6 މީހަކަށް ކޯޓުން ލުއިކޮށްދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި އީރާނުން މަރުގެ އަދަބުދޭން އެދުނު 6 މީހަކަށް ކޯޓުން ލުއިކޮށްދީފި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށުގައި އީރާނު ސަރުކާރުން މަރުގެ އަދަބުދިނުމަށް އެދުނު 10 މީހުންގެ ތެރެއިން 6 މީހަކަށް ކޯޓުން އަދަބު ލުއިކޮށްދީފިއެވެ. ނަމަވެސް ދެން ތިބި 4 މީހުންނާއިމެދު އަމަލުކުރި ގޮތެއް ބުނެފައެއް ނުވެއެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން މަރުގެ އަދަބު ދިނުމަކީ އދ އިން ދެކޮޅުހަދާ ކަމެކެވެ. އދ އިން މިހާރު ޤައުމުތަކަށް އަންގާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކުގައި މަރުގެ އަދަބު ނުދިނުމަށެވެ.

އީރާނުން ބުނެފައިވަނީ އެޤައުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން އިތުރުވަމުން އަންނަ ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ. އަދި ހުއްޓުވަން ދޭންޖެހޭ އަދަބު އދ އަށް ނުއެނގޭނެ ކަމަށެވެ.

ތަފާތު ކުށްތައް ކުރުމާއި ގުޅިގެން އީރާނުގައި ގެންދަނީ ގިނަ ބައަކަށް މަރުގެ އަދަބުދެމުންނެވެ. އެގޮތުން 2009 ވަނަ އަަހަރުން ފެށިގެން މިހައިތަނަށް ބަލައިފިނަމަ އެންމެ ގިނަ ބައަކަށް މަރުގެ އަދަބު ދީފައިވަނީ އިރާނުން ކަމަށް ބެލެވެއެވެ.
މިއަދު އޮންލައިން