އެމެރިކާގެ އެޕީލް ކޯޓުންވެސް ޓްރަމްޕަށް ދެއްކީ ރަތްކާޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
އެމެރިކާގެ އެޕީލް ކޯޓުންވެސް ޓްރަމްޕަށް ދެއްކީ ރަތްކާޑު!
މުސްލިމް 7 ޤައުމެއްގެ ރައްޔިތުންނަށް އެމެރިކާއަށް ނުއެރޭގޮތަށް ޓްރަމްޕުކުރި އަމުރަށް އެމެރިކާގެ އިސްތިއުނާފް ކޯޓް، "ދަ ނައިންތު ޔޫއެސް ސަރކިޓް ކޯޓް އޮފް އެޕީލްސް" އިންވެސް އިއްޔެ ބޮޑު އަޣުލަބިއްޔަތަކުން ދެއްކީ ހަމަ ރަތްކާޑެވެ.

އެކޯޓުން އިއްޔެ ވަނީ ޓްރަމްޕުގެ އަމުރަށް ރަތްކާޑު ދައްކައި ޑިސްޓްރިކްޓް ޖަޖް ޖޭމްސް ރޮބަރޓް ކުރި ޙުކުމަށް ތާއީދުކޮށްފައެވެ. އެހެންކަމުން ޓްރަމްޕުގެ ނިންމުން މިހާރު މިވަނީ ފެއިލްވެފައެވެ. ބާޠިލްވެފައެވެ.

ޓްރަމްޕުގެ ނިންމުން ބާޠިލުވިއަ ނުދިނުމަށްޓަކައި ޓްރަމްޕް ވަނީ ޝަރުއީ ނިޒާމަށް ބިރުވެސް ދައްކައިފައެވެ. އޭނާގެ އަމުރު ފެއިލްކޮށްލައިފިނަމަ އެމެރިކާއަށް ކުރިމަތިވެދާނެ ބޮޑު ބިރުވެރިކަމުގެ ޒިންމާ އުފުލަން ޝަރުޢީ ނިޒާމަށް ޖެހޭނެ ކަމަށް ބުނެއެވެ.

ޖަޖް ޖޭމްސް ރޮބަރޓްގެ ޙުކުމާއި ގުޅިގެން ޓްރަމްޕް ބުނީ އެ ހުކުމް ބަދަލުކޮށްލާނެކަމަށް ހުވާކުރާ ކަމަށެވެ. އެޕީލް ކޯޓުގެ ޙުކުމާއި ގުޅިގެން އަދި އެއްވެސް ހުވައެއް ނުކުރެއެވެ. އެ ހުވާ ފެނިގެންދާނީ މުސްލިމުންގެ ބޮލުގައި އަޅުވަން އެމެރިކާގައި ހިންގުވާ ބޮޑެތި ޓެރަރިސްޓް އަމަލުތަކަކުން ކަމަށްވުމަކީ ވެސް ވަރަށް ގާތްކަމެކެވެ.
މިއަދު އޮންލައިން