ވަން ޗައިނާ ޕޮލިސީ ޓްރަމްޕް ވެސް ބަލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ވަން ޗައިނާ ޕޮލިސީ ޓްރަމްޕް ވެސް ބަލައިގެންފި
ޗައިނާއިން ގެންގުޅޭ "ވަން ޗައިނާ ޕޮލިސީ" އެމެރިކާގެ ރައީސް ޓްރަމްޕްވެސް ބަލައިގެންފިއެވެ. ވަން ޗައިނާ އެމެރިކާއިން ވެސް ބަލައިގެންފިކަމަށް ޓްރަމްޕް ބުނީ އިއްޔެ ރޭގެ ވަގުތެއްގައި ފޯނުން ޗައިނާގެ ރައީސް ޒީ ޖިންޕިން އާއި ވާހަކަދައްކަމުންނެވެ.

ވައިޓް ހައުސް އިން ބުނީ ދެ ރައީސުންގެ ފޯންކޯލް ވަރަށް ގިނައިރުވަންދެން ކުރިއަށް ގެންދިއަ ކަމަށެވެ. މިދިއަ އަހަރުގެ ޑިސެމްބަރު މަހު ޓްރަމްޕް، ރައީސް ޒީ އާއި ފޯނުން ވާހަކަދައްކަމުން ރަތަށް އަރައި ޗައިނާ އިން ގެންގުޅޭ ވަން ޗައިނާ ޕޮލިސީ ބަލައި ނުގަންނާނެ ކަމަށެވެ. އަދި އެއީ ދުނިޔޭގެ ޑިމޮކްރަސީ އާއި ޚިލާފް ޕޮލިސީއެއް ކަމަށެވެ.

އެއިގެފަހުން ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ރައީސް ކަމާއި ހަވާލުވުމަށްފަހު ވެސް ޓްރަމްޕް ވަނީ ރައީސް ޒީ ޖިންޕިން އާއި ވާހަކަދައްކައިފައެވެ.

ޓްރަމްޕް މިފަދަ ވާހަކަތަކެއް ދެއްކިއިރު މިދިއަ ހަފްތާގައި ޓްރަމްޕާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރާއި ދެމެދުގައި ވަނީ ފޯނުން ވަރުގަދަ ހަނގުރާމައެއް ކޮށްފައެވެ. ކޯލަށްފަހު ޓްރަމްޕް ބުނެފައިވަނީ އެއީ މިހައިތަނަށް އޭނާއަށް ކުރެވުނު އެންމެ ގޯސް ފޯންކޯލު ކަމަށެވެ.
މިއަދު އޮންލައިން