ދައްޖާލުގެ ޙުކުމް: އެމެރިކާއަށްދިއަ ކެނެޑާގެ މުސްލިމް އަންހެނެއްގެ ފޯނުގަ ދުޢާ ހުރުމުން ވަނަނުދީ ބޭރުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ދައްޖާލުގެ ޙުކުމް: އެމެރިކާއަށްދިއަ ކެނެޑާގެ މުސްލިމް އަންހެނެއްގެ ފޯނުގަ ދުޢާ ހުރުމުން ވަނަނުދީ ބޭރުކޮށްލައިފި
ޢާއިލާ އާއިއެކު ބަޒާރުކޮށްލަން އެމެރިކާއަށް ދިއަ ކެނެޑާގެ މުސްލިމް އަންހެނެއްގެ ފޯނުގައި މުސްލިމުން ކުރާ ދުޢާ ހުރުމުން އެމެރިކާއަށް ވަނަނުދީ ބޭރުކޮށްލައިފިއެވެ.

ފަދުވާ އަލައުއި އަކީ މޮރޮއްކޯއަށް އުފަން ކެނެޑާ ރައްޔިތެކެވެ. ޢާއިލާ އާއިއެކު ކާރުގައި ގޮސް ބޯޑަރުހުރަސްކުރަން އުޅުމުގެ ތެރޭގައި އޭނާ އާއި އޭނާގެ ދެބެންގެ ދެދަރި އަންހެން ކޮއްކޮއަކަށް ބޯޑަރު ބަލަހައްޓާ ސިފައިންގެ ސަމާލުކަން މާބޮޑުވީއެވެ.

ދެއަންހެނުން ދެ ކޮޓަރިއަށް ވައްދައި ސުވާލުކުރަމުން ގޮސް އަތުގައި އޮތް މޯބައިލް ފޯންވެސް އަތުލައި އަދި ޕާސްވޯޑްވެސް ހޯދައިގެން ހުޅުވައި ވަނީ ފޯން ޗެކްކޮށްފައެވެ. އޭނާގެ ކުށަކަށް އެންމެފަހުން ނިންމީ ފޯނުގައި އަރަބިބަހުން ލިޔެފައިހުރި ދުޢާ ހުރިކަމެވެ.

ފައުދާ ބުނީ އޭނާ އާއި ވަރަށް ގިނަ ސުވާލުތައް ކުރިކަމަށެވެ. "ކަލޭ ނަމާދުކުރަންތަ؟ ނަމާދުކުރަން މިސްކިތައް ދަންތަ؟ ދަނީ ކޮން މިސްކިތަކަށްތަ؟ ކިހައި އަވަސް އަވަހަކަށް ނަމާދަށް ދަންތަ؟ އިމާމަށް ކިޔަނީ ކޮން ނަމެއްތަ؟ މިސްކިތުގައި މީހުން ގާތު އޭނާ ކިޔަނީ ކީކޭތަ؟" މިފަދަ އެތައް ސުވާލުތަކެއް ކުރި ކަމަށެވެ.

ފަދުވާ ބުނީ އެނާގެ ބޭބެއާއި ދޮށީ ބޭބެ މަސައްކަތްކުރަނީ އެމެރިކާގައިކަމަށްވަތީ ވަރަށް ގިނައިން އެމެރިކާއަށް ގޮސްއުޅޭ ކަމަށެވެ. ނަމަވެސް މިވަރުގެ މުޞީބާތަކާއި އަދި ކުރިމަތިވެފައި ނެތް ކަމަށެވެ.

ފަދުވާ ބުނީ މިއަނިޔާގެ މައްސަލަ ކެނެޑާގެ ބޮޑުވަޒީރުގެ ސަމާލުކަމަށް ގެންނަން މަސައްކަތްކުރާނެ ކަމަށެވެ. އަދި ބޮޑުވަޒީރާއި ޓްރަމްޕާއި ބައްދަލުކުރާއިރު މިފަދަ މައްސަލަތަކެއް ހޯދޭތޯ މަޝްވަރާކޮށްދިނުމަށް އެދޭނެ ކަމަށެވެ.

ޓްރަމްޕުގެ މިފަދަ އަމަލުތަކުން އޭނާއަކީ މުސްލިމުންނަށް ފައުޅުވި ދައްޖާލެއް ކަމަށް ގިނަބައަކު މިހާރު ދަނީ ބުނަމުންނެވެ.
މިއަދު އޮންލައިން