ދެވަނަ އިންޓަރ އޮފީސް / ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތުގެ ފައިނަލް މެޗުތައް މާދަމާރޭ އޮންނާނެއެވެ.
މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުގައި މާދަމާރޭ 20:00ގައި ބައްދަލު ކުރާނީ ޔޫތް މިނިސްޓްރީ އާއި އިމިގްރޭޝަން އެވެ.
ފިރިހެން ޑިވިޜަންގެ ފައިނަލުގައި ބައްދަލު ކުރާނީ އެމްޕީއެލް އާއި ސްޓެލްކޯ އެވެ. މި މެޗު ފަށާނީ 21:00ގައެވެ.
ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ މި މުބާރާތަށްވެސް ރަނގަޅު ތަރުޙީބެއް ލިބިފައިވާ ކަމަށާއި ހުނަރުވެރި ކުޅުންތެރިންތަކެއްވެސް ފެނިގެންގޮސްފައިވާ ކަމަށެވެ.