ވަންޑޭ ކަޕްގެ ފައިނަލަށް ޓީމްތައް ދަތުރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
ވަންޑޭ ކަޕްގެ ފައިނަލަށް ޓީމްތައް ދަތުރުކޮށްފި
އެމްސީޔޫއާއި ހިތަދޫ ޔޫތު ސެންޓަރު ގުޅިގެން މިއަދު ފެށި ވިމެންސް ވަންޑޭ ކަޕް ފުޓުސަލް މުބާރާތުގެ ފައިނަލަށް ޓީމްތައް ދަތުރު ކޮށްފިއެވެ.

ހަތަރު ޓީމް ވާދަކުރާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ މީދޫ ދޮންދީނި ޓީމާއި، މަރަދޫ ވިމެންސް ޓީމެވެ.

މަރަދޫ ވިމެންސް ފައިނަލަށް ދަތުރުކުރީ ސެމީފައިނަލުގައި މަރަދޫ ޑީސީސްޕޯޓްސްއާ ބައްދަލުކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ލަނޑުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 3-2 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ. ފައިނަލް މެޗަށްފަހު މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ހިތަދޫ އީހަބެވެ. ކޯ ސްޕޮންސަރަކީ ވިޝަން ޓެކްސީއެވެ.
މިއަދު އޮންލައިން