އެމެރިކާއަށް ދާ މުސްލިމުންގެ މޯބައިލް ފޯނާ ހިތާ ސިކުނޑިވެސް ފޯމެޓްކޮށް އެމެރިކާ އެޕްލިކޭޝަން އަޅަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
އެމެރިކާއަށް ދާ މުސްލިމުންގެ މޯބައިލް ފޯނާ ހިތާ ސިކުނޑިވެސް ފޯމެޓްކޮށް އެމެރިކާ އެޕްލިކޭޝަން އަޅަނީ!
އެމެރިކާއަށް ދާ މުސްލިމުން އެމެރިކާއަށް އެތެރެވުމުގެ ކުރިން އެމީހުންގެ މޯބައިލް ފޯނާއި ހިތާއި ސިކުނޑިވެސް ފޯމެޓްކޮށް އެމެރިކާ ބޭނުންވާ އެޕްލިކޭޝަންތައް އަޅަން ފެށުން ދާދި ގާތްވެއްޖެ ކަމަށް ބެލެވެއެވެ.

ކެނެޑާގެ މުސްލިމް އަންހެނަކަށް އެމެރިކާއަށް އެތެރެނުވެވުނީ އޭނާގެ ފޯނުގައި ދުޢާ ހުރުމުންނެވެ. އެހެންކަމުން ފޯނު އަތުލި ނަމަވެސް އަދި ފޯނު ފޯމެޓް ކޮށްލި ނަމަވެސް މައްސަލަ ހައްލެއް ނުވެއެވެ. މުސްލިމުންގެ ހަތިޔާރަކީ ފޯނު ނޫން ކަމަށްވެފައި މުސްލިމުންގެ ހަތިޔާރަކީ އަދި ހުރިހާ ވެސް ބާރަކީ މުސްލިމުންގެ އަޤީދާކަމަށްވުމުންނެވެ.

ޢަޤީދާ ގުޅިފައިވަނީ ހިތާއި ސިކުނޑިއާއިއެވެ. އެމީހާގެ ވިސްނުމާއިއެވެ. އެހެންކަމުން މޯބައިލް ފޯނުން ކީރިތި ޤްރްއާނާއި މުސްލިމުންގެ ދުޢާތައް ޑިލީޓް ކުރި ނަމަވެސް ހިތާއި ސިކުނޑިން ޑިލީޓްކޮށް ފޯމެޓްކޮށް ނުލެވޭނަމަ ޓްރަމްޕް ބޭނުންވެގެން އެއުޅޭ މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ.

މިއީ މުސްލިމުން މިއަދު އިބްރަތް ޙާޞިލުކުރަން ވަރަށް މުހިންމު ފިލާވަޅެކެވެ. މިއަދު އެމެރިކާގައެވެ. މާދަން އެހެން ބައެއް ޤައުމުތަކުގައިވެސް ހަމަ މިމައްސަލަތައް މިގޮތަށް ކުރިމަތިވުމަކީ ވަރަށް ގާތްކަމެކެވެ. އެހެންކަމުން މަސައްކަތް ކުރަންވީ ކީރިތި ޤްރްއާނުގެ ވީހައި ގިނަ އާޔަތްތަކާއި ޛިކުރުތަކާއި ދުޢާތައް ހިތުން ދަސްކުރުމަށެވެ. ފޯނާއި ނުލައިވެސް ފުރިހަަމަ މުސްލިމެއްގެ ގޮތުގައި އުޅެވޭވަރަށް ކަންކަން ދަސްކުރުމަށެވެ.

މުސްލިމުންނާއި ދެކޮޅަށް އދ އިންވެސް އަދި ޤައުމުތަކުން ނުއަޅާނެ ފިޔަވަޅެއް އޮތްކަމަށް ޤަބޫލެއް ނުކުރެވެއެވެ. އިންސާނީ ހައްޤުތައް ހިމާޔަތްކުރުމާއި ޓެރަރިޒަމާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ފަދަ ވަރަށް ރީތި ނަންނަމުގައެވެ.

ޓްރަމްޕަށްވެސް އަދި މުސްލިމުންގެ ހުރިހާ އަދާވާތްތެރިންނަށްވެސް ކަންކަން އެވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ޝަހާދަތުގެ ދެކަލިމަ އާއި ނަމާދުކުރަން އެނގޭނަމަ މުސްލިމުންނަށް ފުދުނީއެވެ. އެމީހާ ދަންނަ ކޮންމެ ބަހަކުންވެސް މާތްﷲ އަށް ދުޢާކުރެވޭނެއެވެ. އެކަން ކުރުން ހުއްޓުވުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

މާތްﷲ ދެނެވޮޑިގެންވަނީ ހަމައެކަނި އަރަބި ބަހެއް ނޫނެވެ. މާތްﷲ ދެނެވޮޑިގެން ނުވާ އެއްވެސް ބަހެއް ނެތެވެ. އެހެންކަމުން މުސްލިމުންނާއި މާތްﷲ ޢާއި ދެމެދަށް ހުރަސް އެޅުމަކީ ޓްރަމްޕަކަށްވެސް އަދި އެހެން މީހަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. މުސްލިމުންނާއި މާތްﷲ އާއި ގުޅިފައިވަނީ އެއަށްވުރެ މާބަދަހި ގުޅުމަކުންނެވެ.
މިއަދު އޮންލައިން