މުސްލިމުންނަށް ގޯނާ ކުރާނެ އާ ގޮތްތައް ޓްރަމްޕް ހޯދަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މުސްލިމުންނަށް ގޯނާ ކުރާނެ އާ ގޮތްތައް ޓްރަމްޕް ހޯދަނީ!
މުސްލިމުންނަށް ގޯނާ ކުރާނެ އައު ގޮތްތައް ހޯދަމުން ގެންދާ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް އިއްޔެ ބުނީ 7 ޤައުމުގެ ރައްޔިތުންނަށް އެމެރިކާއަށް ނުވަދެވޭ ގޮތަށް އޭނާ ސޮއިކުރި ޤަރާރު އެމެރިކާގެ އެޕެރިކާގެ އެޕީލް ކޯޓުން ފެއިލްކޮށްލާފައިވާތީ އަލުން އެފަދަ ޤަރާރެއް ނެރެން ޤަޞްދުކުރާ ކަމަށާއި އެކަން ކުރެވޭނެ އިތުރު ގޮތްތައް ހޯދަމުން ގެންދާ ކަމަށެވެ.

ހަމަ އެއާއިއެކު އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ގެދޮރުވެރިކުރުވުމަކީ ޞުލްހައަށް ފައިދާ ކުރާނެ ކަމެއް ކަމަށް ޤަބޫލުނުކުރާ ކަމަށާއި އެހެން ނަމަވެސް އެކަން ކުރާނެ އައު ގޮތްތައް ވެސް ހޯދަމުން ގެންދާ ކަމަށެވެ.

މީގެ އިތުރުން ޓެލްއަވީވްގައި ހުރި އެމެރިކާ އެމްބަސީ ވީހައި އަވަހަކަށް އިރުމަތީ ޖެރޫސަލަމަށް ބަދަލުކުރުމާއިމެދު ސީރިޔަސްކޮށް ވިސްނާކަމަށާއި އެކަން ކުރާނެ ގޮތެއް ދަސްކުރަމުން ގެންދާ ކަމަށްވެސް ޓްރަމްޕް އިއްޔެ ވަނީ ބުނެފައެވެ.

މުސްލިމުންގެ ގިނަ ބައަކު "ދައްޖާލެއް"ގެ ގޮތުގައި މިހާރު ސިފަކުރަމުން އަންނަ ޓްރަމްޕްގެ ވާހަކަތަކުން އެނެގެނީ މުސްލިމުންނާއި ދެކޮޅަށް އޭނާ ކުރަން ނިންމާފައިވާ ހުރިހާ ކަމެއް ކޮންމެވެސް ގޮތަކުން އޭނާ ތަންފީޒުކުރާނެ ކަމެވެ.

ކެނެޑާގެ މުސްލިމް އަންހެނެއްގެ މޯބައިލް ފޯނުގައި ދުޢާ ސޭވްކޮށްފައި ހުރުމުން އެމެރިކާއަށް ވަނަނުދީ ބޭރުކޮށްލާފައިވުމުންނާއި އޭނާ އާއި ކުރި ސުވާލުތަކުން ޓްރަމްޕަކީ މުސްލިމުންނަށް ހުރި ދައްޖާލެއްކަން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.
މިއަދު އޮންލައިން