ފީފާ ވަރލްޑް ރޭންކިންގ ގައި ރާއްޖެއަށް އިތުރު ކުރިއެރުމެއް. ރާއްޖެ މިހާރު އޮތީ 140 ވަނައިގަ

ކިޔުމަށް ހޭދަވާނީ 1މ 6ސ
ފީފާ ވަރލްޑް ރޭންކިންގ ގައި ރާއްޖެއަށް އިތުރު ކުރިއެރުމެއް. ރާއްޖެ މިހާރު އޮތީ 140 ވަނައިގަ
ފީފާ ވަރލްޑް ރޭންކިންގގައި ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް އިތުރު ކުރިއެރުމެއް ލިބިއްޖެއެވެ.

ފަސް ދަރަޖައިގެ ކުރިއެރުމެއްރާއްޖެއަށް ލިބުނު އިރު، ރާއްޖޭގެ ޤައުމީ ޓީމު މިހާރު އޮތީ 140 ވަނައިގައެވެ. އެހެންނަމަވެސް ސާކް ސަރަހައްދުގައި ރާއްޖެ އަދިވެސް އޮތީ ދެވަނައިގައެވެ.

ސާކް ސަރަހައްދުގެ އެއްވަނައިގައި އަދިވެސް އިންޑިއާ އޮތްނަމަވެސް އެ ޤައުމަށް އެއްދަރަޖައިގެ ވެއްޓުމެއް ކުރިމަތިވި އިރު، އެޤައުމު މިހާރުއޮތީ ރޭންކިންގ ގެ 130 ވަނައިގައެވެ.

ރޭންކިންގ ގެ 173 ވަނައިގާ އޮތް ނޭޕާލަށް ދެ ދަރަޖައިގެ ކުރިއެރުމަކާއެކު ވަނީ މި ސަރަހައްދުގެ ތިންވަނަ ލިބިފައެވެ. އަދި އެއްދަރަޖައިގެ ވެއްޓުމަކާއެކު ރޭންކިންގގެ 177 ވަނައާއެކު، މި ސަރަހައްދުގެހަތަރުވަނަ ބޫޓާނަށް ލިބޭއިރު، ފަސްވަނައިގާ އަދިވެސް އޮތީ ބަންގްލަދޭޝްއަށެވެ. އެ ޤައުމު ރޭންކިންގ ގެ 190 ވަނައިގާ އޮތް އިރު، ރޭންކިންގގެ 196 ވަނައާއެކު، މި ސަރަހައްދުގެ ހަތްވަނަ ލިބެނީސްރީލަންކާއަށެވެ.އަދި މި ސަރަހައްދުގެ ފުލުގައި ޕާކިސްތާނު އަދިވެސް އޮތީ އެއްދަރަޖައިގެ ވެއްޓުމަކާއެކީ ރޭންކިންގ ގެ 198 ވަނައިގައެވެ.

ފީފާ ރޭންކިންގގެ އެއްވަނަ މިފަހަރުވެސް އާޖެންޓީނާ ހޯދި އިރު، ދެވަނައިގައި ބްރެޒިލް އަދި ތިންވަނައިގައި އޮތީ ޖަރުމަން އެވެ.
މިއަދު އޮންލައިން