ހައުސިންގ ޑިވްލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިންޒުވާނުންނަށް ޚާއްޞަކޮށްގެން ބާއްވާ "އެޗްޑީސީ ޔޫތު ފުޓްސަލް ކަޕް" މި މަހުގެ 24 ވާ ހުކުރު ދުވަހު ފަށާނެކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގައި މިއަހަރު 110 ޓީމު ބައިވެރިވެފައިވާ އިރު، މިއީ ރާއްޖޭގައި ބާއްވާ ފުޓްސަލް މުބާރާތެއްގައި މިހާތަނަށް އެންމެ ގިނަ ޓީމު ބައިވެރިވެފައިވާ އަދި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތަށް ވެގެންދާނެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ އަދި ރަނަރ-އަޕް ޓީމަށް 15000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގެ މަޤުޞަދަކީ ޒުވާނުންގެ މެދުގައިއިޖުތިމާޢީ ރޫހް އާލާކޮށް، އެކުވެރިކަން އުފެއްދުމާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.