ސައުދިއަރަބިޔާއަށް އެތެރެކޮށްފައިހުރި 680،000 މަސްތުވާ ކެޕްސޫލް އަތުލައިގެންފިއެވެ. މިތަކެތި އަތުލައިގެންފައިވަނީ ރިޔާޟްގެ ފުލުހުން ހިންގި 2 އޮޕަރޭޝަނެއްގައެވެ.
މި ދެ އޮޕަރޭޝަނުގައި 3 މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އެއިގެތެރޭގައި ސީރިޔާ އާއި ސައުދީ ރައްޔިތުން ހިމެނެއެވެ.
ޑްރަގް އެތެރެކުރުމުގައި އިތުރު ދަތިތައް ކުރިމަތިވާނީ ކެޕްސޫލް އެތެރެކުރުމަކީ މިހާރު ވަރަށް ޢާންމުކަމެކެވެ. ރާއްޖެއަށް މިފަދަ ކެޕްސދޫލް/ގުޅަ ތަކެއް އެތެރެކުރަން އުޅުނު ބަންގްލަދޭޝް މީހަކު ވަނީ ދާދިފަހުން އަތުލައިގެންފައެވެ.