ބައްޕަ އާއި މަންމައަށް ހެޔޮރަހްމަތަށް އެދި 30،000 ޢާއިލާއަށް ކާންދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ބައްޕަ އާއި މަންމައަށް ހެޔޮރަހްމަތަށް އެދި 30،000 ޢާއިލާއަށް ކާންދީފި
ދުބާއީގެ ރޫލަރ އަދި ޔޫއޭއީގެ ޕްރައިމް މިނިސްޓަރ، ނާއިބްރައީސް މުޙައްމަދު މުޙައްމަދު ބިން ރާޝިދު އަލްމަޚްތޫމްގެ އަނބިކަނބަލުން ޕްރިންސަސް ޙާލާ ބިންތި ޙުސައިން އެކަމަނާގެ މަންމާ ފުޅާއި ބައްޕާފުޅަށް ހެޔޮ ރަޙްމަދު އެދިވަޑައިގެން 30،000 ފަޤީރުންގެ އާއިލާތަކަށް ކާން ދެއްވައިފިއެވެ.

އެކަމަނާގެ ބައްޕާފުޅަކީ އުރުދުންގެ ކުރީގެ ރަސްގެފާނު ކިންގ ޙުސައިން އެވެ. މަންމާފުޅަކީ ކްއީން އަލިއާ އަލް ހުސައިންއެވެ.

އެކަމަނާގެ ފަރާތްޕުޅުން މިކަން އިންތިޒާމުކުރި ފަރާތުން ބުނެފައިވަނީ މިއީ މާތްﷲގެ ރަޙްމަތްފުޅަށް އެދިގެން ކުރި ކަމަކަށްވުމުން އެކަމަށް ކުރެވުނު ހޭދަ ހާމަކުރަން ބޭނުން ނޫން ކަމަށެވެ.

ކާން ދެއްވާފައިވަނީ އުރުދުންގެ 30،000 ޢާއިލާއަށެވެ.
މިއަދު އޮންލައިން